ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ޓީޗަރުން މަދުވުން: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަޢުލީމީ ނިޒާމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ޓީޗަރުން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ސަރުކާރުގެ ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 މުދައްރިސުން މަސައްކަތް ކުރައްވާ ކަމަށެވެ. އޭގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީންނެވެ. އަދި އެ ދާއިރާގެ ގޮންޖެހުން ތަކަަށް ބަލާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާގައި ޕްރައިމަރީ ޓީޗަރުން މަދުވުން ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިހާރު ކުރަމުންދާ މުހިންމު އެއް މަސައްކަތަކީ ޓީޗަރުން މަދުވުމުގެ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މުދައްރިސުން ތަމްރީނު ކުރުމަށް އެ ވުޒާރާއިން ހިންގަމުންދާ ޕްރޮގުރާމްގެ ތެރެއިން ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޓީޗަރަކަށްވުމަށް އޭލެވަލް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ޖުމްލަ 130 ދަރިވަރުން ޝައުގުވެރިންކަން ފާޅުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭލެވެލް އަށް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް 1،500ރ. ގެ އެލަވަންސެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެލަވަންސެއް ދިނީމަ، އެ ކުއްޖާއަކީ ވަކި މާއްދާއަކުން ޓީޗަރަކަށް ވާން ބޭނުންވާ ދަރިވަރެއްކަން އަންގާނެއެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންނާއެކު އެފަދަ އެއްބަސްވުމެއް ހެދިގެން ސްޓައިޕެންޑް ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: