ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލްކްސީގެ ތެޔޮ ޕްލެޓުފޯމެއް ޔޫކްރެއިންގެ ބާރުގެ ދަށަށް!

ޔޫކްރެއިންގެ ތެޔޮ ޕްލެޓްފޯމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލެކްސީގައި ރަޝިއާގެ ބެލުމުގެ ދަށުގައި ހުރި ތެޔޮ ކާރުހާނާތަކެއް ޔޫކްރެއިންއިން އަތުލައިގަނެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ހަނގުރާމައިގެ މައިދާނުގައި ރަޝިއާގެ ބެލުމުގެ ދަށުގައި ހުރި ތެޔޮ ކާރުހާނާއެއް ޔޫކްރެއިންއިން ހިފާފައިވުމަކީ އެ ގައުމަށް ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ޔޫކްރެއިންގެ ސިފައިންވަނީ މި މަންޒަރުތައް ސޯޝަލްމީޑިއާގައި އާންމުކޮށްފައިކަމަށާއި މި ދަނޑިވަޅުގައި ރަޝިއާއިން ބޭނުން ކުރަމުން އައި މި ވަސީލަތް އަތުލައިގަނެވިފައިވުމުން އެ ގައުމުން ކުރަމުންދާ އަސްކަރީ މަަސައްކަތްތަކަށް އަސަރުކުރާނެކަމަށެވެ.

އަސްކަރިއްޔާއިން މީޑީއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެކި މުއައްސަސާތައް ގުޅިގެން ހިންގި މަސައްކަތްތަކެއްގެ ތެރެއިން ގާސް އުފެއްދުމަށް ބޭނުންކުރާ ޕްލެޓުފޯމްތައް އަނބުރާ ހޯދިފައިވާކަމަށާއި މިފަދަ މުހިންމު ވަސީލަތްތައް އަނެއްކާވެސް ޔޫކްރެއިންގެ ބާރުގެ ދަށަށް ގެންދެވިފައިވުމުން ކަނޑުމަތީގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރުމަށާއި ދިފާއީ މަސައްކަތްތައް ވަރުގަދަ ކުރުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާކަމަށެވެ.

ނޫސްތަކުން ބުނާގޮތުން ޔޫކްރެއިންއިން އަނބުރާ ހޯދާފައިވަނީ ބޮއިކޯ ޓަވާރޒްގެ ގޮތުގައި ނަންދެވިފައިވާ ތެލާއި ގޭސް ހޯދުމުގެ ގޮތުން ތޮރުފުމަށް ބިނާކޮށްފައިވާ ޕްލެޓް ފޯމްއެކެވެ. އަދި މިތަނަކީ 2014 ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފި ދުވަސްވަރު އެ ގައުމުގެ އަތުން ނަގާފައިވާ ތަނެއްކަމަށާއި ޔޫކްރެއިންއިން ރަސްމީގޮތުން މިތަން ރަޝިއާގެ ކިބައިން ހޯދީ ސެޕްޓެމްބަރު 2023ގައިކަމަށެވެ. އެހެންނަމަވެސް ހަނގުރާމައިގެ ތެރެއިން ރަޝިއާއިންވަނީ އެތަނުގެ މައްޗަށް އަތްގަދަ ކޮށްފައިކަމަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން ދިގު ދެމިގެންދާ މި  ހަނގުރާމައިގައި މިފަދަ ހަކަތައިގެ ވަސީލަތްތައް އިންތިހާއަށް މުހިންމުވެފައިކާމަށެވެ. އަދި ދެ ފަރާތުންވެސް ހަކަތަ އުފެއްދުމަށް ބިނާކޮށްފައިވާ ވަސީލަތްތައް ހަލާކުކޮށްލުމަށްވެސް މަސައްކަތްކުރަމުންދަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ. ޔޫކްރެއިންގެ ޒެފޮރިޓްޒިއާގައި ހުންނަ ނިއުކްލާ ހަކަތަ އުފައްދާ ޕްލާންޓުވެސް ރަޝިއާއިން ވަނީ 2022 ވަނަ އަހަރުގައި އަތުލާފައިކަމަށްވާއިރު އެ ސަރަހައްދުގައި ރޮކެޓު ހަމަލާ ބަދަލުކުރުންތައް އެއަށްފަހު ހުއްޓުމަކަށް ނާންނަކަމަށާއި ދާދި ފަހުންވެސް ކާރު ބޮމެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އެ ޕްލާންޓުގައި މަސައްކަތްކުރަމުން އައި މުއައްޒަފަކު މަރުވެފައިވާކަމަށެވެ.

ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން އާންމުކުރި ވީޑިއޯއެއްގައި މި ހަމަލާ ދައްކާލާފައިވެއެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ ހަނގުރާމައިގެ ތެރޭގައި އެތައް ޖަރީމާއެއް ހިންގާފައިވާ ރަޝިއާގެ ވާގިވެރިއެއްކަމަށް ބުނެފައިވެއެވެ. އެގޮތުން އޭނާ ދިޔައީ ޔޫކްރެއިންއަށް ތާއީދުކުރާ މުއައްޒަފުންގެ މައުލޫމާތުތައް ރަޝިއާއަށް ދެމުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: