ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލެންގެ އަސަރުކުރި ސަރަހައްދުތަކަށް އެހީ ނުހުއްޓޭނެ: ކަމަލާ

ކަމަލާ ހެރިސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރިކޭން ހެލެންގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ސަރަހައްދުތަކަށް އެހީދިނުމުގެ މަސައްކަތްތައް ހުއްޓާނުލާނެކަމަށް އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނޯތް ކެރޮލައިނާ ސަރަހައްދުގައި ހަރިކޭން ހެލަންގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ބައެއް ފަރާތްތަކުންދަނީ އެ ގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެކްސްގެ ވެރިޔާ މަޝްހޫރު ބިލިއަނަރު އީލޮން މަސްކުވެސް ވަނީ މިފަދަ ކަންބޮޑުވުންތައް ހުރިކަމަށް އާންމުކޮށްފައެވެ.

ހަރިކޭން ހެލެންގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބެއްލެވުމުގެ ގޮތުން އެ ސަރަހައެްދަށް ވަޑައިގެން ކަމަލާވަނީ މީޑިއާތަކާއި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި، އެ ސަަރަހައްދަށް އެހީތެރިކަން ފޯރުވަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ. އަދި ފެޑަރަލް ހިދުމަތްތައް ހުއްޓިގެން ނުދާނެކަމަށާއި ބީރައްޓެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްތައް ކުރަމުންދާ އާންމުނަށް ތައުރީފުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ފެޑަރަލް އެމެރޖެންސީ މެނޭޖުމެންޓު އެޖެންސީއިން އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް ރައްޔިތުންނަށް އެހީވުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވާކަމަށެވެ.

ޑިމޮކްރެޓުންގެ ކެންޑިޑޭޓު ކަމަލާވަނީ މީގެ ދުވަސްތަކެއް ކުރިން ކާބޯތަކެތި ހަދިޔާކުރުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން އުޅުއްވާފައެވެ. އަދި ތޫފާނުގެ ސަބަބުން ގެއްލުންތައް ލިބުނު އާއިލާތަކާއި ބައްދަލުކޮށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރައްވާފައިވާކަމަށެވެ. އެމެރިކާގެ ރައީސް ޖޯ ބަައިޑެންވެސް ވަނީ މީގެ ދުވަސްތަކެއް ކުރިން ހަރިކޭން ހެލެންގެ ސަބަބުން ގެދޮރާއި ދަނޑުތައް ސުންނާފަތިވެފައިވާ މީހުންނާއި ބައްދަލުކޮށް އެހީތެރިކަން ލިބިގެންދާކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެމެރިކާގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބައިޑެން ވިދާޅުވީ، އެގައުމުގެ ފެޑަރަލް ޑިޒާސްޓާ މެނޭޖުމެންޓު ފަންޑުގައި މިވަގުތަށް ބޭނުންވާ ފައިސާ ހުރިކަމަށާއި ދަތިތަކެއް ކުރިމަތިވެގެންދާނީ އަހަރު ނިމުމާއި ގާތުންކަމަށެވެ. އަދި ފަންޑު މަދުވުމަށް ދިމާވަނީ ގިނަ ސަރަހައްދުތަކަކަށް ތޫފާނުގެ ސަބަބުން އަސަރުކޮށްފައިވުމުން އެހީތެރިކަން ދޭންޖެހިފައިވުމުންކަމަށެވެ. އަދި އޭނާވަނީ ގާނޫނު ހަދާ މަޖިލީހުގައި ތިބި ފަރާތްތަކުން ފަންޑުތައް ލިބޭނެ މަގުފަހިކޮށްދިނުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: