ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް އޮޕަރޭޝަންގައި ފުލުހުން ވެސް ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސަރަޙައްދުތަކުގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަތަކުގެ މައުލޫމާތު އެއްކުރުމަށް ހިންގި ”އޮޕަރޭޝަން ހިރާސް ފާސް“ މާލޭގެ ބައިގައި ފުލުހުން ބައިވެރިވެެއްޖެ އެވެ.

މި އޮޕަރޭޝަނަކީ އެމްއެންޑީއެފުން އިސް ނައިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މާލޭގެ ބައިގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ. އަދި ކޮންމެ ޓީމެއްގައި ވެސް މަދުވެގެން އެއް ފުލުހަކު ހަރަކާތްތެރިވާ ގޮތަށް ވަނީ ހަދާފައެވެ.

މި އޮޕަރޭޝަނަކީ މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަތަކުގެ ތަފުސީލީ މައުލޫމާތު އެއްކޮށް، އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ. އަދި އެފަދަ ތަންތަނުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ އޮޕްރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ގްރޭޓަރ މާލޭ އޭރިއާއިން މިހާތަނަށް، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 375 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 38 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައެވެ.

މި މަހުގެ 1 އިން ފެށިގެން 15ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: