ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުުޅުމާލެއިން ނިމިދިޔަ މަހު 20 ސައިކަލެއް ޓޯކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ނިމިދިޔަ ސެޕްޓެންބަރ މަހު ޖުމްލަ 20 ސައިކަލު ވަނީ ޓޯކޮށްފައެވެ.

ފުލުހުން ކުރިއަށް ގެންދާ މި އިންސްޕެކްޝަންގެ ދަށުން ސެޕްޓެންބަރ 12 އިން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ޖުމްލަ 1266 ކާރެއް ހުއްޓުވައި ބަލައިފާސްކޮށް 5427 ސައިކަލެއް ވަނީ ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އަދި ޖުމްލަ 88 ކާރަށް ފިޔަވަޅު އަޅައިފައިވާއިރު، 394 ސައިކަލަކަށްވަނީ ފިޔަވަޅު އަޅައިފައެވެ.

މީގެ އިތުރުން، ލައިސެންސްނެތި ދުއްވާފައިވާ 10 ކާރު އަދި 102 ސައިކަލުވަނީ މި އިންސްޕެކްޝަންގެ ދަށުން ބަލައި ފާސްކޮށްފައެވެ. ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނަސޭހަތްދީ 85 ކާރެއް އަދި 430 ސައިކަލެއް ވަނީ ދޫކޮށްލައިފައިއެވެ. އަދި ޓެރެފިކް ވައިލޭޓް ވެގެން 34 ކާރަކާއި އަދި 148 ސައިކަލެއް ވަނީ ހިފަހައްޓައިފައެވެ.

މާލެ މަގުތަކަކީ އަމާންރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ހުޅުމާލޭގައި ޤަވައިދާ ޙިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރުމާއި އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

މީގެ އިތުރުން، މާލޭގެ ސަރަހައްދުގައި ރެޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް، ގަވައިދަށް ފެއްތުމަށް ޖާގަ ދިނުމަށް ނިންމައި ސަރުކާރުން ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ބިމެއް ހަމަޖައްސާފައި އެވެ. ފޭސް ދޭއްގެ ބްރިޖާއި ޖެހިގެން އޮތް މި ހުސް ބިން އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައި ވަނީ 40 ދުވަހަށެވެ.

މާލޭގެ ސަރަހައްދުގައި ގާނޫނާއި ގަވައިދާއި ހިލާފަށް ބޭނުން ކުރަމުންދާ ވެހިކަލް ހުރިއިރު، ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ މި މައްސަލަ ބޮޑުވީ އެކަމަށް ފުރުސަތު ކުރިން ދެވިފައި އޮތުމުން ކަމަށެވެ. އަދި ގިނަ ބަޔަކަށް އޮތީ ގާނޫނުން ބޭރުން، ގަވައިދާއި ހިލާފު އަމަލުތައް ހިންގުމަށް އާންމުކަމަކަށްވެފައިކަމަށް އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: