ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ފައިސަލް

ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ އަންނަ ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މި ފަސް އަހަރު ނިމޭއިރު އެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިޤްތިޞާދަށް ހިއްސާކުރާ 4.5 ބިލިއަން ޑޮލަރު، މި ސަރުކާރުގެ ދައުރު ނިމޭއިރު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒުކުރެވިފައިވާ ކަމަށާއި، މިހާރު ހުރި ޕްލޭންތަކާ އެއްގޮތަށް މަސައްކަތްކުރެވިއްޖެނަމަ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު 3.5 މިލިއަން ނުވަތަ 4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މި އަހަރު ފެށުނުއިރު އިންޑިއާގެ މާކެޓަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވީނަމަވެސް، މިހާރު އެ މާކެޓްވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޖުމްލަ 1,224 ތަނަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ 171 ރިސޯޓާއި، 887 ގެސްޓްހައުސްއާއި، 152 ސަފާރީ އުޅަނދު އަދި 14 ހޮޓަލެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ދަނީ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ. ސަރުކާރުގެ އަމާޒުތައް ޙާޞިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން މި ތަފާސްހިސާބުތަކުން ސާފުވެއެވެ. ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމާއި، ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އަމާޒުތަކަށް ވާސިލުވުމަށް ސަރުކާރުން ގެންގުޅުއްވާ ސްޓްރެޓެޖީތަކުގެ ކާމިޔާބީ މިހާރުވެސް ފެންނަމުންދެއެވެ.

ޚާއްޞަކޮށް ޗައިނާ އަދި އިންޑިއާ ފަދަ ބޮޑެތި މާކެޓްތަކަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ، އިޤްތިޞާދީ ކުރިއެރުން އިތުރުވާާނެ ކަމަށް ބެލެވެއެވެ. މިކިކަމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޤައުމުގެ ތަރައްޤީއަށް އިތުރު ބާރެރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: