ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރަން އީއައިއޭ ހަދަން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ތަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމަށް އެންވަޔަރމެންޓަލް އިމްޕެކްޓު އެސެސްމަންޓް ( އީއައިއޭ ) ހަދައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ( މިފްކޯ ) އިން އިއުލާންކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އައިސް ސްޓޯރޭޖް ގާއިމުކުރުމަށް މިފްކޯއާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން، އައިސްޕްލާންޓް ޤާއިމް ކުރުމަށް ނިންމައިފައިވަނީ ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫގައެވެ. މި ތިން ރަށުގައި 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖް ޤާއިމް ކުރުމަށް ވަނީ ނިންމައިފައެވެ.

މިފްކޯއިން ބުނެފައިވަނީ މި ތިން ރަށުންވެސް އައިސްޕްލާންޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަމަޖައްސާދީފައިވާނީ ހިލޭ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ގާއިމްކުރާ މި އައިސްޕްލާންޓުތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިޔަން ރުފިޔާގެ މަޝްރޫއުތަކެކެވެ. އަދި ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާއެވެ.

އައިސްޕްލާންޓުތަކުގެ އީއައިއޭ ހަދާދޭނެ، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމިހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: