ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށައަޅާ ގޮތްތަކަށް ބަދަލުތަކެއް!

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން: ފަިއލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށައަޅާ ގޮތްތަކަށް ލުއިތައް ގެނެސް އާ ގަވާއިދެއް ހަދައިފިއެވެ.

”ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު“ އިސްލާމިކް މިނިސްޓްރީއިން މިހާރު ވަނީ އާންމުކޮށްފައެވެ. އޭގައިވާ ގޮތުން މީހުން ގެންދިއުމުގެ ހުއްދައަށް އަހަރުގެ ކޮންމެ ދުވަސްވަރަކުވެސް ހުށައެޅޭނެއެވެ. ނަމަވެސް މީގެ ކުރީގައި އޮންނަ ގޮތުންނަމަ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅެނީ އެކަމަށް އިއުލާނުކުރުމުން އެކަނިއެވެ. މިކަމަށް އިއުލާން ކުރަނީ އަހަރުގެ ދެ ފަހަރުއެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ މި ގަވާއިދުގެ ދަށުން، ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށައެޅޭނެއެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވަކި ފޯމެއް ހާއްސަކޮށްފައި އޮވެއެވެ. ކޮންމެ ކުންފުންޏަކަށްވެސް ހުއްދައަށް އެދި ހުށައެޅެނީ އެންމެ ޕްރޮޕޯސަލެއްކަމަށް ގަވާއިދުގައެވެ. ޕްރޮޕޯސަލް އިސްލާހު ކުރަން ޖެހިއްޖެނަމަ، އެކަމަށް ލިބޭނީ ހަތް މަސް ދުވަހުގެ މުއްދަތެއްކަމަށްވެސްވެއެވެ.

މި ބަދަލާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ގޮތަށް ބަދަލު ގެނައީ، އުމްރާގެ އަޅުކަމަކީ ވަކި ދުވަސްވަރަކު އަދާ ކުރުމަށް އޮންނަ އަޅުކަމަކަށް ނުވާތީކަމަށެވެ. އަދި އަހަރުގެ އެކި ހިސާޞުތަކުގައި އުމްރާއަށް މީހުން ގެންދަމުންދާތީކަމަށެވެ.

ކުރިން އޮތް ގޮތުގެ ސަބަބުން ހުއްދައަށް ނޭދެވި، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހުވެސް މަޑުކުރަން ޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އުމްރާއަށް މީހުން ގެންދިއުމަށްޓަކައި، ދޭ ހުއްދައަށް އިސްލާމިކް މިނިސްޓްރީއިން، 20،000 ރުފިޔާގެ ފީއެއް ނަގާއިރު، އެ ހުއްދަ އާކުރުމަށް 15،000 ރުފިޔާ ނަގައެވެ. އުމްރާއަށް ދާ މީހުންގެ އަތުންވެސް އެކަށީގެންވާ ފީ ނެގުމަށް މިނިސްޓްރީއިން އިލްތިމާސްކޮށްފައި އޮވެއެވެ. އަދި މިނިސްޓްރީއިން ދޭ ހުއްދަ ލިބުމުގެ ކުރިން، އެއްވެސް ބަޔަކު އަތުން ދުރާލާ އުމްރާގެ ފައިސާ ނުނެގުމަށްވެސް ގަވާއިދުގައި އޮވެއެވެ.

ގަވައިދު ބުނާގޮތުން އުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހު އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އެ ފައިސާ ދެއްކި މީހާ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏަކުން، އެއްބަސްވުމާއި ހިލާފުވާ ހާލަތެއްގައި 1،000 ރުފިޔާއާއި 100،00 ރުފިޔާއިން މަތިނުވާ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. މިނިސްޓަރީގެ ފަރާތުން ހުއްދަ ދިނުމުގެ ކުރިން އެފަދަ ހިދުމަތްތެއް ދީފި ނަމަވެސް ޖޫރިމަނާ ކުރެވެއެވެ.

މީގެ ކުރީގައި އަންހެނަކު ނަމަ ވަކި އުމުރަކުން މައްޗަށް ދިއުމުން ނޫނީ، މަހުރަމަކާއި ނުލައި އުމްރާގެ އަޅުކަން އަދާ ނުކުރެވޭ ގޮތަށާއި، 18 އަހަރު ނުވާ ފިރިހެން ކުދިން ބެލެނިވެރިޔަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް ގަވާއިދު އުވާލުމަށް ސައުދީއިން އަންގާފައިވާކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. މިއީ ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ އުސޫލުތަކުގައި އޮންނަ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: