ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލްގެ އެޗްއޯޑީން މޭޔަރަށް އޮޅުވާލާފައިވާކަމަށް ނަރީޝް ތުހުމަތުކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓްތަކުގެ އެޗްއޯޑީންތައް މޭޔަރު އާދަމް އާޒިމްއަށް އޮޅުވާލާފައިވާކަމަށް، އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ތުހުމަތު ކުރައްވައިފިއެވެ.

ނަރީޝް މިގޮތަށް ތުހުމަތު ކުރެއްވީ ކައުންސިލްގެ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަރީޝް ވިދާޅުވީ، އާޒިމް މޭޔަރުކަމާއި ހަވާލުވުމަށްފަހު، ކައުންސިލުގެ އެޗްއޯޑީން މަސައްކަތް ކުރަމުންދިޔައީ ޒިންމާދާރުކަން ކުޑަކޮށްކަމަށެވެ. މިކަމުގެ ޒިންމާ ކައުންސިލަރުން ނަންގަވަން ޖެހޭކަމަށް ދެކިވަޑައިނުގަންނަވާކަމަށް ނަރީޝް ވިދާޅުވިއެވެ.

ކައުންސިލުން ކުރަމުން އައި މަސައްކަތްތައް އާ މޭޔަރަށް، ހަވާލުކުރުމަށް ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެނގޭ އެއްވެސް އެޗްއޯޑީއެއް ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

”އާ މޭޔަރު މިތަނަށް ވަޑައިގަތީމަ އާ މޭޔަރު ބޮލުގައި ތާކިހަލެއް އަޅުވައި ބަހައްޓާފައި ވާނުވާއަށް ދުއްވާލަން މަސައްކަތް އެ މީހުން ކުރުމަކީ އޭގެ ޒިންމާ އެމީހުން ނަގަން ޖެހޭ ކަމެއް.“

ނަރީޝް ވިދާޅުވިއެވެ.

މަސައްކަތްތައް ތަންފީޒުކޮށް، އަދި އެ މަސައްކަތްތަކުގައި ސޮއި ކުރަނީވެސް އެޗްއޯޑީއިންކަމަށް ފާހަގަކޮށް ނަރީޝް ވިދާޅުވީ، 4 ވަނަ ދައުރުގައި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ބައްޓަން ކޮށްފައިވާނީ ކުރިން އެކަން އޮތް ގޮތަށް ނޫންކަމަށެވެ. ކައުންސިލްގެ މަސައްކަތްތައް ހިނގާ ގޮތުން ކައުންސިލަރުންގެ ސޮއި ހިމެނޭ، އެއްވެސް ލިޔެ ކިޔުމެއް ނުހުންނާނެކަށް ނަރީޝް ވިދާޅުވިއެވެ.

މިތާ ބިޑު ކޮމިޓީއަކު ނީންނާނެ ކައުންސިލަރެއް، މިތާގެ އެހެން ކޮމިޓީއެއްގައި ނީންނާނެ ކައުންސިލަރެއް. މިތާގެ ހުރިހާ އިވެލިއޭޝަން ހަދާ، ހުރިހާ އެއްޗެއްގައި ތިބޭނީ މިތާގެ އެޗްއޯޑީއިން.

ނަރީޝް ވިދާޅުވިއެވެ.

ކައުންސިލަރުންނަކީ ބޯޑުގެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާ ބައެއްކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. ކަމަކަށް ހުއްދަ ދިނުމަށްފަހު، އެކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެ މަސައްކަތާއި ގުޅޭ ޑިޕާޓްމަންޓްގެ އެޗްއޯޑީކަމަށްވެސް އޭނާ ފަހަގަކުރެއްވިއެވެ. އެހެންކަމުން މި ހުރިހާކަމެއްގެ ޒިންމާއަކީ އެޗްއޯޑީއިން ނަގަން ޖެހޭ ޒިންމާއެއްކަމަށް ފާހަގަކޮށް، ނަރީޝް ވިދާޅުވީ، އެކަމާއި ގުޅޭ މައުލޫމާތު މޭޔަރަށް ފޯރުކޮށްދޭން ޖެހޭނީވެސް އެޗްއޯޑީއިންކަމަށެވެ.

މިކަމާއި ގުޅިގެން މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދެނެގަތުމަށް ނަރީޝްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާކަމަށެވެ. މިކަމުގެ ތެރެއިން ދަތިތަކާއިވެސް ކުރިމަތިވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމުގެ ދައުރުގެ ތެރޭގައި މިހުރިހާ މައްސަލައެއް ހައްލު ކުރާނެކަމަށެވެ. އަދި ކައުންސިލެއްގެ ސިފަ ޖައްސަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: