ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ގެންގުޅެނީ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތެއް: އަޒާން

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރިޖީ ސިޔާސަތަކަށް ވެފައި އޮތީ ”އިންޑިއާ އޮންލީ“ ކަމަށާއި އަދި އެއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ޤާއިމެވެގެން ތިބުން ކަމަށެވެ. އަދި ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާއި މަޝްވަރާކުރެއްވުމަށްފަހު އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލާފައިވާ ކަމަށެވެ.

އަޒާން ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރޖީ ސިޔާސަތަކަށް ވެފައި އޮތީ ”އިންޑިއާ އޮންލީ“ ކަމަށާއި އެއާއި ޙިލާފަށް ރައީސްގެ ގެންގުޅުއްވާ ސިޔާސަތަކީ “ މޯލްޑިވްސް ފަސްޓް “ ޕްލިސީ ކަމަށެވެ. އަދި އެހެން ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބާއްވަމުން ގެންދަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެން ކަމަށް އަޒާން ވިދާޅުވިއެވެ.

މިއަދު އިންޑިއާ ސިފައިންގެ ވާހަކަ ދައްކަމުންދާ ބައެއް ފަރާތްތަކަކީ، މީގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ބުނި މީހުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް އިދިކޮޅު ފާރާތްތަކުން އޭރު ޤަބޫލު ކުރެއްވި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލައިފިނަމަ ރާއްޖެ ބަޑަށް ޖެހިދާނެ ކަމަށް ކުރީ ސަރުކާރުގެ ވަޒީރުންނާއި, އެމްޑީޕީން ހިންގާ ނޫސްތަކުން ބުނަމުން އައި ކަމަށް އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ރައީސަކު އެ ޤައުމަށް ވަޑައިގަތުމުން، އިންޑިއާއިން ބޭނުންވާ ބައެއް ކަންކަން މަޝްވަރާކުރެވި ނަމަވެސް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަނީ ރާއްޖެއަށް އެކަމުން އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށް އަޒާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: