ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ނޫނީ ރައްޔިތުން ތަންދޮރު ނުދަންނަކަމަށް ދެކުނު ވެރިޔަކު ނެތް: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ: ފޮޓޯ/އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ ތަނެއް ދޮރެއް ނުދަންނަ ދޮގާއި ތެދު ވަކި ކުރަން ނޭނގޭ ބައެއް ކަމަށް ދެކި، އިހުތިރާމްކުޑަކޮށް ރައްޔިތުންނާއިމެދު ވިސްނާ ވެރިޔަކު ރައީސް ޑރ މުހައްމަދު މުއިއްޒު ނޫނީ އިންތިހާބުވެފައިނުވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ މިނިސްޓަރު މާރިޔާވަނީ ބައިނަލްއަގުވާމީ ނަފްސާނީ ދުވަސް ފާހަގަކުރަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. މާރިޔާ ވިދާޅުބީ، ކޮވިޑްގެ ދުވަސްވަރު ޑޮކްޓަރުންގެ ސިޓީއާއިއެކު ބޭރުން ގިނަ އަދަދެއްގެ ބޭސް ގެނައިކަމަށާއި އެ ބޭސްތަކުގެ ތެރޭގައި އެކި ގޮތް ގޮތުން ނަފްސާނީ ހާލަތާއި ގުޅުން ހުރި ގިނަ އަދަދެއްގެ ބޭސް ހުރިކަމަށެވެ. މާރިޔާ ވިދާޅުވީ، ކުޑަ ކުދިންނަށްވެސް ބޭސް ބޭނުންވާކަން އެކަމުގެ ތެރެއިން ފާހަގަކުރެވިގެންދިޔަކަމަށާއި އެގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

މާރިޔާ ވިދާޅުވީ، ދިވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރޭގައި އުޅެން ޖެހޭ ހާލަތުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އެކި އަސަރުތައް ކުރާކަން ދިރާސާތަކުން ދައްކާކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހާލަތާއިއެކުވެސް ތަންކޮޅެއް ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ގޯއްޗާއި ފްލެޓު ކަނޑައަޅައި ދެއްވާފައިކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ލިޔުމެއް ދީފައިވާނަމަ އެ ލިޔުމަށް އިހުތިރާމް ކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ގޮތުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ހިމެނޭކަމަށާއި އެހެންނަމަވެސް 11 މަސް ދުވަސް ވެގެންދާއިރު ރަސްފަންނު ސަރަހައްދުގައި ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑުގެ ވަގުތުތަކުގައި އަންހެނުން އިހުތިޖާޖުތައް ކުރިއަށް ގެންދާކަމަށެވެ.

މާރިޔާ ވިދާޅުވީ، އެންމެ ހިތްދަތިކަން ލިބެނީ ގޭގައި ތިބޭ ނުވަތަ މަސައްކަތްކޮށްފައިވެސް ގެޔަށް ދާ އަންހެނުންނަށްކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންގެ ދަރިންގެ ހާލަތާއި ގޭތެރޭގައި އުޅެންޖެހޭ ހާލަތު ޑޯޓުޑޯގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭކަމަށެވެ. އެހެންނަމަވެސް އެތައް އަހަރަކަށް ފަހު އެ ފަރާތްތަކަށް ލިބުނު ގޯތިތައް ރައީސް ހުންނެވި ހިފަހައްޓަވައިގެންކަމަށާއި އެކި ހުއްޖަތު ދައްކަވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ރާޖޫއާއި ހަވާލުކޮށްގެން ބިން ހިއްކަމުންދިޔަ ވާހަކަތައް ދައުރުކުރިކަމަށާއި މަޖިލީސް އިންތިހާބުގައި ރަސްމާލޭގެ ނަމުގައި ފުށިދިއްގަރުފަޅުގެ ވާހަކަތައް ދެއްކެވިކަމަށެވެ. އަދި ހުވަފެނީ ގޮތަކަށް ކަނޑުއަޑީގެ ޓަނަލްއަކުން މާލެ އާއި އެރަށާއި ގުޅާލެވޭ ވާހަކަތައްވެސް ދެއްކެވިކަމަށާއި މިހާތަނަށް އައިއިރު ދިވެހިންނަކީ ތަން ދޮރު ނުދަންނަ ބައެއްކަމަށް ދެކި، އިހުތިރާމް ކުޑަކޮށް އަމަލުކުރާ ވެރިޔަކު ރައީސް މުއިއްޒު ނޫނީ އިންތިހާބުވެފައި ނުވާކަމަށޭވެ.

މާރިޔާ ވިދާޅުވީ، މި ވާހަކަތައް ދައްކަވަނީ އެމްޑީޕީގައި ހުންނެވީތީ ފަހުރުވެރިކަމާއިއެކު ނޫންކަމަށާއި މި ފަހަރު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައިކަމަށެވެ. މާރިޔާ ވިދާޅުވީ، ހަގީގަތުގައި ހެދުނީ ”ކޮހެއް“ ކަމަށާއި ރައްޔިތުންނަށް އިންތިހާބު ކުރެވިފައިވަނީ ދަސްކުރާ ބޯޑު ޖަހައިގެން ހުރި ރައީސްއެއްކަމަށެވެ.  މާރިޔާ ވިދާޅުވީ، އެއްގޮތަކަށްވެސް ވެރިކަން ކުރާއިރު ދޮގު ހެދުން ނޫންކަމެއް ކުރައްވަން ރައީސްއަށް އެނގިވަޑައިގަންނަވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން ރާއްޖެ އަޅުވެތިކުރުވަން މަސައްކަތްކުރަމުންދާކަމަށް އޭރު ރައީސްގެ ވާހަކަފުޅުގައި ސިފަކުރައްވަމުން އައިކަމަށާއި މުޖުތަމައުގައި ބިރުވެރިކަން ފެތުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: