ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން އޮތީ ގައުމު ތޮށިގަނޑަކަށް ހަދާފަ: އަބްދުﷲ ޝަރީފް

ކެލާ ދާއިރާގެ މެމްބަރު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ހޭވެރިކަން ޖެހުނުއިރު ގައުމު ތޮށިގަނޑަކަށް ހަދާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، މިއަދުގެ ސަރުކާރުން މި އަހަރަށް ކަަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ކަމަށާއި، ނަމަވެސް ސަރުކާރުން މަސައްކަތްކުރަމުންދަނީ ދަތިތަކާ އެކު ކަމު ކަމަށެވެ. އޭނާ ވިދާޅުވީ މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ސަބަބަށްވެސް ބަލާލުން މުހިންމު ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީއިން ވަނީ ވަރަށް ރަނގަޅު ހުވަފެންތަކެއް ކެމްޕޭނުގެ ތެރެއިން ރައްޔިތުންނަށް ދައްކާފައި ކަމަށާއި، ދިވެހިން ދަތުރު ފެށީ އެ ވާހަކަތައް ގަބޫލުކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނަށް ރަނގަޅަށް ހޭލެވި މިކަމުގެ ތެރެއަށް ވަދެވުނުއިރު ރާއްޖެ އޮތީ ތޮށިގަނޑަކަށް ހަދާލާފައި ކަމަށެވެ.

އަބްދުﷲ ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ފައިސާ ލިބުނު ވާހަކަތައް އިވުނު ކަމަށާއި، ނަމަވެސް ގައުމުގެ ރައްޔިތުންނަށް ހޭވެރިކަން ޖެހިގެން ހާސިލު ކުރެވުނު ކަންކަމަށް ބަލާލިއިރު އެއްވެސް ކަމެއް ހާސިލުކުރެވިފައި ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސަތުތައް އޮތީ ބޮއްސުންލާފައި ކަމަށާއި، އެހެނިހެން ގައުމުތަކާއެކު އެކުވެރި ގުޅުން ބަދަހިވާ ގޮތަށް ކަންކަން ކުރެވިފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: