ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާގެ އަސާސީ ޙައްޤުން ރައްޔިތުން މަޙްރޫމު ނުކުރުމަށް ޝާހިދު ގޮވާލައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟
ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް, ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ޞިއްޙީ ނިޒާމަކީ އެމްޑީޕީއިން މިރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ޙައްޤަކަށް ވާތީކަމަށެވެ.

އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް, މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ޙަޤީގީ އަމާޒަކީ, ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން މި އަސާސީ ޙައްޤުން މަޙްރޫމު ކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ޘަޤާފަތް އިއާދަ ކޮށް، މުޅި ޞިއްޙީ ނިޒާމު ސިޔާސީ ކޮށްލުންކަމަށް ފާހަގަކުރެއްވިއެވެ.

ބޭސްފަރުވާގެ އަސާސީ ޙައްޤުން ދިވެހި ރައްޔިތުން މަޙްރޫމު ނުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި ސިއްޙީ ނިޒާމު ސިޔާސީ ކުރުން ހުއްޓާލުމަށްވެސް އޭނާ ގޮވާލިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން އިންޝުއަރެންސްއަށް ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އައުޓްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ) ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ޚިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: