ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނެ: އަމީނު

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީގެ ޙިދުމަތް ދެއްވާ ފަރާތްތަކަށް ގެއްލުންވާނެ ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެކްސީގެ ޙިދުމަތް ދެއްވާ ފަރާތްތަކަށް ގެއްލުންވާނެ ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނެ ކަމަށާއި ޓެކްސީ ކުރަނީ އާމްދަނީ ހޯދުމަށް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ އާމްދަނީއަށް ގެއްލުން ނުވާ ގޮތަށް ޓެކްސީގެ ޙިދުމަތުގެ ނިޒާމު ބައްޓަން ކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޓެކްސީ ޤަވައިދު ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

“ ޓެކްސީ ޙިދުމަތަށް މާލޭގެ އެއްތަނުން އަނެއްތަނަށް ދާ ބޭނުންވާ ބޭފުޅުންނަށް އެ ލިބޭނެ ގޮތަކަށް ސިސްޓަމްއެއްް އޮންނަން ޖެހޭ، އެހެންމަ ޒަމާނާއި އެއްގޮތަށް މިކަން ބަދަލުވާން އެބަޖެހޭ އޫބާރ ސިސްޓަމަށް ނަމަވެސް  އެންޝްއަރ ކުރެވެންޖެހޭ އަބަދު އެ އެވެލެބަލް ވާން، އެހެންމަ މިއީ ސަރުކާރުން އެންޝުއަރ ކުރަންޖެހޭ ކަމަކީ “ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާ ތަނެއްގައި ފަސޭހަކަމާއެކު ޓެކްސީ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އެ ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކެޕޭސިޓީ އިތުރުކުރާއިރު، ކެޕޭސިޓީ ބިލްޑިންއިން އަދި ސެކިއުރިޓީ ގޮތުން ރައްކާތެރި ވެހިކަލްތަަކަށް ބަދަލުކުރައްވަން ޖެހޭ ކަަމަށްވެސް ވަނީ ފާހަގަކުރައްވައިަފއެވެ.

މީގެ އިތުރުން، ޓެކްސީ ހޯދަން ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޑްރައިވަރުންނާއި ޓެކްސީއަށް އަރާ ފަސިންޖަރުންނަށް ޓެކްސީ ގަވާއިދުގައި ކަނޑައަޅާފައިހުރި މިންގަނޑުތަކަށް ސާވިސް ނުލިބޭކަމަކީ ޒަމާނުއްސުރެ އޮންނަ ޝަކުވާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: