ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ފިއުލް ފާމާއެކު 45 މިލިއަން ލީޓަރުގެ ތެޔޮ ރާއްކާކުރެވޭނެ ނިޒާމެއް!

ރައީސް ވީއައިއޭގެ އައު ފިއުލް ފާމް ބައްަލަވާލެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހުޅުވި ފިއުލް ފާމްގައި 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާކުރެވޭނެ ޓޭންކުތަކެއް ގާއިމްކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައު ފިއުލް ފާމާއި އަދި ހައިޑްރަންޓް ނެޓްވޯކް ހުޅުވައިދެއްވާފައެވެ. މި ފިއުލް ފާމްގައި 45 މިލިއަންގެ ތެޔޮ ރައްކާކުރުމަށް ތިން ޓޭންކް ވަނީ ގާއިމުކޮށްފައެވެ. ފިއުލް ފާމްގެ ކެޕޭސިޓީ 15 މިލިއަން ލީޓަރުގައި ހުރިނަމަވެސް އައު ޓޭންކު ތަކާއިއެކު 60 މިލިއަނަށް ބަދަލުވެގެން ދާނެއެވެ.

ހައިޑްރަންޓް ނެޓްވޯކުގައި 8.4 ކިލޯމީޓަރުގެ ލައިނުތައް ހިމެނޭއިރު ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު ތެޔޮ އެޅުމުގެ މަސައްކަތް ތިން ގުނަ އިތުރުވާނެ ކަމަށް އެމްއޭސީއެލް ވަނީ ބުނެފައެވެ. ކުރިން ވައިޑް ބޮޑީ އެއާކްރާފްޓަކަށް ތެޔޮ އެޅުމަށް ގަޑިއެއްހާ އިރު ހޭދަވާއިރު ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު އެކަމަށް ހޭދަވާނީ 15 ވަރަކަށް މިނެޓެވެ.

ފިއުލް ހައިޑްރަންޓް ސިސްޓަމާ އެކު އެއާ ސައިޑުގައި ކުރިން ބެނުން ކުރާ ތެޔޮ އުފުލާ އުޅަނދުތައް މަދުކޮށް އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެވޭނެ ކަމަށެވެ. އައު ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމް ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.

މީގެއިތުރަށް ރިޒާވްގެ ގޮތުގައި 1 މިލިއަން ލީޓަރުގެ ޑީސަލް އަދި 1 ލައްކަ ލީޓަރުގެ ޕެޓްރޯލްވެސް ރައްކާކުރެވޭނެ ނިޒާމެއް ވަނީ މިހާރު ހަމަޖެހިފައެވެ. ފިއުލް ފާމަށް ގެނެވުނު ބަދަލާއިއެކު ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވި ތިމާވެއްޓަށްވެސް ކުރާ ނޭދެވޭ އަސަރު ކުޑަވެގެން ދާނެއެވެ. ހަމަމިއާއިއެކު އެއާޕޯޓުގެ އެ ސަރަހައްދުގައި ކުރިން ބޭނުން ކުރަމުން އައި ގިނަ އަދެއްގެ ހެވީ ލޯޑް ވެހިކަލްސް ބޯޓުފަހަރުތައް ކައިރިން ދަތުރު ކުރާ މިންވަރު މަދުކޮށް ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ރައްކާތެރި ކުރުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: