ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލުގެ އަގުބޮޑުވެއްޖެ، އިތުރު އިޖްތިމާއީ މައްސަލަތައް ނުކުންނާނެ: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅިގެން އިޖްތިމާޢީ މައްސަލަތައް އިތުރުވެދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ހަރުގެއެއްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޒިޔާދު ވަނީ ސަރުކާރުން ޤައުމުގެ މާލީ ހާލަތުާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި ސަރުކާރުން ދައްކަމުންދަނީ މުނާފިޤުކަމުގެ ސިފަތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ހަމައެކަނި ބޭރުފުށުގެ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ޤައުމުގެ ހާލަތު މިހާ ދަށަށް ގޮސްފައިވާތީ، ރައްޔިތުން އަޑުއުފުލަންޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި މިއަދު ޙައްޤުތައް ހޯދުމަށް ނުނުކުމެއްޖެނަމަ، މާދަމާ އެ ފުރުޞަތު ގެއްލިދާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހުރިހާ މުދަލެއްގެ އަގު މަތިވެފައިވާ ކަމަށާއި، މުސްތަޤުބަލުގައި އަގުތައް ދަށްވާނެކަމަށް ނުފެންނަ ކަމަށެވެ. އަދި ސަރުކާރުން ޓެކްސް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މިފަދަ ބަދަލުތަކަކީ ފަހުން އަނބުރާ ގެނެވޭނެ ބަދަލުތަކެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަގުތައް މަތިވުމުގެ ސަބަބުން ރައްޔިތުން އާ ހާލަތަށް ހޭނުމަށް މަޖުބޫރުވާނެ ކަމަށާއި، މީގެ ސަބަބުން އިޖްތިމާޢީ އިތުރު މައްސަލަތައް ކުރިމަތިވެދާނެކަމުގެ ބިރު ޒިޔާދު ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޭނުންތައް ފުއްދުމަށް ޓަކައި ބައެއް މީހުން އެހެން މީހުންގެ އަތުން ނަގައިގެން ބޭނުންކުރުން ފަދަ ކަންކަން އިތުރުވެދާނެ ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް ތާއީދު ނުކުރައްވާ ކަމުގައިވިޔަސް، އެއީ މުޖުތަމަޢުގައި ކުރެވެމުންދާ ކަމެއްކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ފައިސާ ހޯދުމަށް ޓަކައި ކުށްކުރުން އިތުރުވެދާނެކަމުގެ ބިރު ފާޅުކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވޭނަމަ، ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާމެދު މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ސަރުކާރަށް އާމްދަނީ އިތުރުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ދިގު މުއްދަތަކަށް ވިސްނައިގެން ކުރެވޭ މަސައްކަތްތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: