ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ 46 އިންސައްތަ ނިންމާލައިފި!

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު (މާލެ ތިލަފުށީ ލިންކު މަޝްރޫއު)
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު (މާލެ ތިލަފުށީ ލިންކު މަޝްރޫއު)ގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ، 2023 ވަނަ އަހަރު އޮކްޓޯބަރ މަހާއި ހަމައަށް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ( ތިލަމާލެ ބުރިޖް ) ގެ މަސައްކަތުގެ %28.7 މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ އަދާ ހަމައަށް ބަލާއިރު، މި މަޝްރޫއުގެ %46.58 ގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ތަނބުތަކުގެ ޕައިލިންގެ %80.2 މަސައްކަތް ނިންމާލެވިފައިވާ ކަމަށް އޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ޕައިލް ކެޕްގެ %68.6 މަސައްކަތް ނިމި، ޕިއަރ ކޮލަމްސްގެ %62.2 ގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި ސެގްމެންޓް ޕްރީކާސްޓިންގ ގެ %44.11 މަސައްކަތް ވަނީ ނިންމައިލެވިފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ތިން ބުރިޖު އެޅުމަށް ވަނީ ނިންމާފައެެވެ. އެއީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު، ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖުއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައި ވެއެވެ. އަދި މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ދޫކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ. މި ބުރިޖްގެ ދިގު މިނަކީ  6.9 ކިލޯމީޓަރެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: