ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ބުނެ ޕްރޮމޯޓު ކުރާއިރު، ބަޖެޓު އެމްޑީޕީ ސަރުކާރަށް ވުރެ ކުޑަ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ސަރުކާރުން ޕްރޮމޯޓު ކުރަމުން ދިޔަ ނަމަވެސް، އެއީ އެމްޑީޕީގެ ސަރުކާރަށް ވުރެ ވެސް ކުޑަ ބަޖެޓެއްކަމަށް ރައްޔިތުުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ބަހުސްގައި މައުރޫފް ވިދާޅުވީ ސަރުކާރުން މި އަހަރުގެ ހަރަދުތައް ވެސް ބެލެހެއްޓީ ގޯސްކޮށްކަމަށާއި، އެ ހާލަތު 2025 ގައި މާ ބޮޑަށް ގޯސްވާނެކަމަށެވެ. އޭގެ ސަބަބެއްކަމަށް މައުރޫފް ވިދާޅުވީ ވަކި ބަޔަކު ބޭނުންވާ ގޮތަށް، ބަޖެޓު ތައްޔާރުކޮށްފައި އޮތުމެވެ. އަދި ހަރަދުތައް މެނޭޖު ކުރުމަށް ފިޔަވަޅުތައް އިއުލާނު ކުރި ނަމަވެސް އިސްލާހީ ބަދަލުތައް ގެނައުމުގެ އަމަލީ ސިފަ ބަޖެޓުން ފެންނަން ނެތްކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އަސާސީ ޕެންޝަންގެ ގޮތުގައި ބަޖެޓުގައި ޖަހާފައި ވަނީ ކޫޑަ އަދަދެއް ކަމަށެވެ. މިއީ ކޮން ސަބަބަކާއި ހުރެ އެޅި ފިޔަވަޅެއްތޯ ސުވާލު އުފައްދައި މައުރޫފް ވިދާޅުވީ ކުރީގެ ރައީސުންނަށާއި، މަޖިލިސް މެމްބަރުންނަށް ދެމުންދާ ބޮޑެތި އިނާޔަތްތައް ކުޑަ ކުރުން މާ ރަނގަޅުކަމަށެވެ.

ގިނަ މެމްބަރުންގެ ރައްތަކުގެ ތަރައްގީގެ ވާހަކައެއް ބަޖެޓުގައި ނެތް.. މުޅިން އޮޅުވާލަނީ މި.. ބައި ލައްކަ މުވައްޒަފުން 2025 ގައި ދައުލަތުގައި ތިބޭއިރުގައި، ބައިލައްކަ މުވައްޒަފުންނަށް ސާދަ ބިލިއަން ރުފިޔާ ހަރަދު ކުރާގޮތަށް ދައުލަތުގެ ބަޖެޓުގައި ޖަހާފައި އޮތީ..

މީގެއިތުރުން މައުރޫފް ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް ނެތުމަކީ ކަސިޔާރު މަގަކުން ސަރުކާރު ދިއުމުގެ ފެށުންކަމަށެވެ. އަދި ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ވާހަކަތައް ސަރުކާރުން ދައްކާއިރު އެމްޑީޕީގެ ސަރުކާރުގެ މިދިޔަ ދެ އަހަރަށް ވުރެ ވެސް ބަޖެޓުގައި ހިމަނާފައިވާ އަދަދު ކުޑަކަމަށެވެ.

ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމުގައި ހަގީގަތެއް ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެދޮރުވެރިކަމަށް ބަޖެޓުގައި ޖަހާފައި އޮތީ އެންމެ 15 އިންސައްތަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: