ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް އަދި 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ހުށަހެޅިފައިވަނީ މިހިިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުުރަށް ތަހުގީގު ކުރަމުންނެވެ.

