ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ހުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި މާލިއްޔާތަށް ކެތްނުވާ ވަރަށް ޕްރޮޖެކްޓު ފަށާފައި: މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ޤާބިލިއްޔަތަށްވުރެ މާ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައިވާ ކަމަށާއި މި މަޝްރޫޢުތައް ފެށުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ޙަޤީޤަތް ނުފެންނަ ގޮތް ހެދުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ބޭއްވި ޕެނަލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްތަލިބު ހާމަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީއަކީ 34 ބިލިއަން ރުފިޔާއެވެ. މިއީ ދައުލަތުގެ ބަޖެޓަށް އުފުލޭނެ މިންވަރެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މި ފަދަ ބޮޑެތި މަޝްރޫޢުތައް ފެށުމުގެ ބޭނުމަކީ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް މަގުފަހިކުރުން ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ދައުލަތުގެ މާލީ ޤާބިލިއްޔަތަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން މި އަހަރު 38 މަޝްރޫޢެއް ނިންމާފައިވާއިރު، އަހަރު ނިމުމުގެ ކުރިން އިތުރު 26 މަޝްރޫޢެއް ނިންމޭނެ ކަމަށް ލަފާކުރެވެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށާއި، ގިނަ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެކަށީގެންވާ މިންވަރަށްވުރެ ކުޑަ އަދަދުތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: