ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަކުރަންށާއި އާމްދަނީ އިތުރުކުރުމަށް ހިމެނޭ ފިޔަވަޅުތަކުގެ ނަތީޖާއެއް ނުކުންނާނެކަމާއުމެދު ސުވާލު އުފެދޭ: އަބްދުއްރަހްމާން

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން 2025 ވަނަ އަހަރުގެ ތެރޭގައި ހަރަދުކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ހިމަނާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ނުކުންނާނެކަމާއިމެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު މެމްބަރު އަބްދުއްރަހްމާން ވިދާޅުވީ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވަނީ އަންދާޒާތަކެއް ކޮށްގެންނާއި ފެންނަން ހުރި ކަންކަމަށްވެސް ގިނަ ވާހަކަތަކެއް ދެއްކޭނެ ގޮތަށްކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށްވެސް ފިޔަވަޅުތައް ހިމަނާފައިވާއިރު ނަތީޖާ ނުކުންނާނެކަމާއިމެދު ސުވާލު އުފެދޭ އެތައް ކަމެއްވެސް ބަޖެޓުގައި ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނާއި ސަރުކާރުގެވެސް ކަރުބުޑުގައި ހިތިރަހަ ލާނެކަން ޔަގީންވާކަމަށާއި ރާއްޖެ އޮތީ އިގްތިސާދީ އަނދަވަޅެއްގެ ތެރޭގައިކަން ގަބޫލުކުރެވުނު ނަމަވެސް މިއީ ކުރީ ސަރުކާރުގެ ވާޙަކަތައް ދައްކައި ނިންމާލެވެން ނެތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހްމާން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތަކީ ފާއިތުވި ހުރިހާ ސަރުކާރަކުންވެސް ޒިންމާދާރުކަން ކުޑަ ގޮތަކަށް ނިންމާފައިވާ ކަންތައްތަކެއްގެ ނަތީޖާކަމަށާއި ކޮވިޑްގެ ހާލަތާއިއެކު ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކެއްގެ ވާޙަކަ ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާއިރު އެކަންކަން ގަބޫލުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިންގެ ހިޔާނާތްތަކުގެ ވާހަކަތައްވެސް ހިމެނޭކަމަށާއި ދެކެވެމުންދަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ކޮވިޑްގެ ދުވަސްވަރުގެ ވެންޓިލޭޓަރު ހިޔާނާތް ފަދަ މައްސަލަތަކުގެ ވާހަކަ ކަމަށެވެ. އެހެންކަމުން ނުހައްގުން ފައިސާތަކެއް ނަގާފައިވާނަމަ އެ ފައިސާއެއް ހޯދުމަށް ހަރު އަޑުން ގޮވާލައްވާކަމަށެވެ. އަދި ބަޖެޓު ފޫބެއްދުމަށްޓަކައި ޓެކްސްގެ ގޮތުގައި ހޯދުމަށް ކަނޑައެޅިފައިވާ އަދަދުން ބައެއް ނެގިފައިވާކަމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި ދުންފަތުގެ ޓެކްސް ފަދަ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ މިންވަރު ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ.

މެމްބަރު ވިދާޅުވީ، ޓެކްސްތައް ދައްކަންޖެހޭ ފަރާތްތަކުން އެ ފައިސާތައް ރުހުމާއިއެކު ދައްކާނެކަމަށްވެސް ފެނިވަޑައިނުގަންނަވާކަމަށާއި އެހެންކަމުން ދައުލަތަށް ލިބޭނެކަމަށް ބެލެވޭ އާމްދަނީއިން ބޮޑު ބައެއް ގެއްލިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށާއި ސަރުކާރުން އެކަމަށް ހުށިޔާރުވުމަށް ގޮވާލައްވާކަމަށެވެ. ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމަށްވެސް ހިމަނާފައިވާކަމަށާއި އެއީ ސަރުކާރުގެ ވިސްުންތަކުގެ ތެރެއިން ފުރިހަމައަށް ތާއީދުކުރާ ކަމެއްކަމަށެވެ. އެހެންނަަމަވެސް ކުންފުނިތަކުގެ ނަން ބަދަލުކުރުމާއި އުވާލުން އަދި އެއްކޮށްލުމަކުން ފުދިގެން ނުދާކަމަށެވެ.

އަބްދުއްރަހްމާން ވިދާޅުވީ، ހަގީގަތަށް ބަލާއިރު ކޮރަޕްޝަންގެ މައްޗަށް އޮތީ މަޖިލީހުގައި ނޫންކަން ފެނިގެންދާކަމަށެވެ. އެގޮތުން މީޑިއާތަކުންނާއި އެހެނިހެން ގޮތްގޮތުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާލުން އެ މައްސަލަ އޮތީ ވަޒީރުންގެ ލެވެލްގައާއި ކުންފުނިތަކުގެ ތެރޭގައިކަން ފެނިގެންދާކަމަށެވެ. އެހެންކަމުން ވޯޓު ވިއްކައިގެންނާއި އެހެނިހެން ކޮރަޕްޓު ގޮތްގޮތަށް މަގާމުތަކަށް އައިސްފައިވާ މީހުން ވަގުތުން ވަގުތަށް ވަކިކުރުމަށް ގޮވާލާކަމަށާއި ވައިބަރ ގްރޫޕުތަކުގައި ހާޒިރުކަމަށް މެސެޖެއްކޮށްގެން 13000 ރުފިޔާގެ އާމްދަނީއެއް ހޯދަމުންދާ މީހުންތިބިކަމަށާއި އެ މީހުން ވަގުތުން ވަކިކުރުމަށް ގޮވާލައްވާކަމަށެވެ. އަދި އެގޮތަށް މައްސަލައިގައި ފިޔަވަޅު އަޅައިފި ހާލަތުގައި ސަރުކާރުގެ އިހުލާސްތެރިކަން ބަލައިގަންނާނެކަމަށެވެ.

ބަޖެޓުގައި ރަށްތަކަށް ހިމެނިފައިވާ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ނެތްކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ. އަދި އެކަމަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށް އިންތިހާބުވެފައިވާ މަޖިލިސް މެމްބަރުންގެ ބާރު ކަނޑުވާލުމުގެ އަމަލެއްގެ ގޮތުަގައި ދެކިވަޑައިގަންނަވާކަމަށާއި އެއީ ރައްޔިތުންގެ އަޑު ކަނޑުވާލުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: