ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާލަން ލަކީ ޑްރޯ އިން އަގުހުރި އެތައް އިނާމެއް!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ”ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024“ ގެ ލަކީ ޑްރޯގެ ދަށުން އަގުހުރި އެތަށް އިނާމެއް ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ނޮވެންބަރ މަހުގެ 15 އަދި 16 ވަނަ ދުވަހުގެ 16:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާރކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި، ގުރުވަތުން ހޮވޭ ނަޞީބުވެރިންނަށް އިނާމު ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.

ދާލަން ލަކީ ޑްރޯގެ އިނާމުތައް

• 6 ފަރާތަކަށް ދިރާގުގެ މައި-ފައި ޑިވައިސްގެ 3 މަހުގެ ޕެކޭޖް

• ސީގަލް މޯލްޑިވިސްގެ ފަރާތުން ސީ ސްޕޯޓްސްގެ ގިފްޓް ވައުޗަރ

• ވޮޔޭޖެސް މޯލްޑިވިސްގެ ފަރާތުން ސީގަލް ކެފޭގެ ގިފްޓް ވައުޗަރ

• ޔޫރޯ މާކެޓިންގގެ ފަރާތުން 2 ފަރާތަކަށް ގިފްޓް ހެމްޕަރ

• މިނީސޯގެ ފަރާތުން 3 ފަރާތަކަށް ގިފްޓް ވައުޗަރ

• ބޮޑީ ޓެކް ޖިމްގެ ފަރާތުން 2 ފަރާތަކަށް 3 މަހުގެ މެމްބަރޝިޕް

• ވޯޓަރ ސައިޑްގެ ފަރާތުން މީލް ވައުޗަރެއް

• ކަސަބް އާރޓްސްގެ ފަރާތުން ބޭސިކް ކަސަބު ކްލާސް ގިޕްޓް ވައުޗަރ

• ކްލޭ ސްޓޫޑިއޯގެ ފަރާތުން ހޭންޑް ވީލް ގިފްޓް ވައުޗަރ

• މަރްކީގެ ފަރާތުން ނައިކީ ޑަންކް ޝޫޒްގެ ގިފްޓް ވައުޗަރ

• ކްލޭ ސްޓޫޑިއޯގެ ފަރާތުން ޓޭސްޓަރ ވީލް ގިފްޓް ވައުޗަރ

• ވީ މާކެޓިންގ ގެ ފަރާތުން ފޮޓޯގްރަފީ ސެޝަންގެ ގިފްޓް ވައުޗަރއެއް

• ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސަރވިސެސްގެ ފަރާތުން އެނބޫދޫ ވިލެޖްގައި ދެ ފަރާތަކަށް އެއްދުވަހު ހުރުމުގެ ފުރުޞަތު

”ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024“ ގެ ސްޕޮންސަރުންގެ ގޮތުގައި، ސީގަލް ގުރޫޕާއި ވިޔޭޖެސް މޯލްޑިވިސް ހިމެނޭއިރު، މި އެކްސްޕޯގެ ޕާރޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަން އޮފީސް، ބޭންކް އޮފް މޯލްޑިވިސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯއެވެ.

މީގެ އިތުރުން، މި އެކްސްޕޯ ފަންޑުކޮއްދެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ވޯލްޑް ބޭންކުން ޚަރަދުކޮއްގެން ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: