ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ސާލިހު އުޅުނީ ޕާޓީ ބަދަލުނުކުރެވޭ ގާނޫނު ތަސްދީގުނުކޮށްގެން، މިހާރު އުޅެނީ ބާތިލުނުވެގެން: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ބަދަލުނުކުރެވޭ ގާނޫނު ތަސްދީގު ނުކޮށްގެން އުޅުއްވުމަށްފަހު، އެ ގާނޫނު ތަސްދީގުކުރުމުންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކަމަށް ފާޑުވިދާޅުވަމުންދާކަމަށާއި އެމްޑީޕީއަކީ އެއް އިރެއްގައިވެސް ރައްޔިތުންނަށް ހެޔޮއެދުނު ޕާޓީއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ރިފާއު ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި ދިގުރާސްތާގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލެވިފައި އޮންނަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒުވަނީ އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިކަމަށެވެ. އެހެންކަމުން އެ މަންޒިލަށް ވާސިލުވުމަށްޓަކައި ދިގުރާސްތާގެ ޕްލޭނެއް ތައްޔާރުކުރަންޖެހޭކަމަށާއި އެ ޕްލޭނަކީ ދެން ވެރިކަމަށް އަންނަ ބަޔަކުވެސް ކުއްލިޔަކަށް ބަދަލުކޮށްލާނެ އެއްޗަކަށް ވެގެންނުވާނެކަމަށެވެ.

ރިފާއު ވިދާޅުވީ، މިއަދު ގާނޫނުއަސާސީ އޮތްގޮތުން ރައީސް ޑރ މުއިއްޒު 2040 ވަނަ އަހަރުވަންދެން ވެރިކަމުގައި ނުހުންނަވާނެކަމަށެވެ. އަދި އެމަނިކުފާނުވަނީ އެކަންވެސް އިތުރަށް ކަށަވަރުކޮށްދިނުމަށްޓަކައި ގާނޫނުއަސާސީގައި ރައްޔިތުންގެ ހިޔާލަށްދާންޖެހޭ މާއްދާއަށް އިސްލާހުތައް ގެނެސްފައިކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން އޮތްގޮތުންނަމަ އެ މާއްދާގެ މައިގަނޑު ބަދަލުކޮށްލުމުން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައިގެ ރުހުން ނުވަތަ ގާނޫނުއަސާސީ ބަދަލުކުރެވޭ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ހާލަތެއްގައި އެ މާއްދާ ބަދަލުކޮށްލުމުގެ ފުރުސަތެއް އޮތްކަމަށެވެ.

މެމްބަރު ވިދާޅުވީ، މިހާރު އެ މާއްދާ އޮތީ ކުރިން އޮތްގޮތުގެމަތިން ބަދަލުނުކުރެވޭ ގޮތަށް ތަޅުލެވިފައިކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއަދު މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގައިކަމަށެވެ. އެހެންކަމުން ރައީސް ބޭނުންވެވަޑައިގެންފި ހާލަތެއްގައި ދައުރެއްގެ މުއްދަތުގެ ގޮތުގައި 10 އަހަރު ކަނޑައެޅުމާއި ދެ ދައުރަށް ހަދާލުމުގެ ފުރުސަތުވެސް އޮތްކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ފުރުސަތު އޮއްވާ އިސްލާހުތަކެއް ގެނެސްފައިވަނީ ރައްޔިތުންގެ ވޯޓަށް ދާންޖެހޭ ކަންކަމުގައި އެގޮތުގެ މަތިން އަމަލުކުރާނެކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުންކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނެވިފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލުތައް ގެނައުމާއި ވެރިކަން ކުރާ ނިޒާމަށް ބަދަލުތައް ގެނައުމުގައިވެސް ރައްޔިތުންގެ ހިޔާލު ކޮންމެހެންވެސް ހޯދަންޖެހޭނެކަން ހިއްސާކުރެއްވިއެވެ.

ރިފާއު ވިދާޅުވީ، އަސާސީ ހައްގުތައް ހަނިކުރާކަމަށްވާނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެކަމަށާއި އެހެންކަމުން އެ ހުރިހާ ކަމެއް ޔަގީންކޮށްދިނުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެއްތޯ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން އެންމެ ބާރަށް ދައްކަމުންދާ ވާހަކައަކީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުން މަޖިލީހުގެ މެމްބަރުން ބަނދެލިފައިވާކަމުގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް އެއްބަސްވެވަޑައިނުގަންނަވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުނުވެވޭ ގޮތް ހެދުމަށްޓަކައި ގާނޫނެއް ފަރުމާކުރީވެސް ނިމިދިޔަ ދައުރުގެ ފަހު ދުވަސްކޮޅުގައިކަމަށެވެ.

މެމްބަރު ވިދާޅުވީ، އެ ގާނޫނު ހެދުމަށްފަހު ތަސްދީގުނުކުރާކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފަހުން އެމްޑީޕީއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ދެއްކެވި ވާހަކައާއި މީގެ ކުރިން މިކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ތަފާތުކަން ނޫސްތަކަށް ބެލުމުން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އެކަން ތަސްދީގުނުކުރައްވާ ހިފަހައްޓަވައިގެން ހުންނެވިކަމަށް ވިދާޅުވެ، އޭރު ރައީސް ސާލިހު އެމަނިކުފާނަށް ފާޑުވިދާޅުވިކަމަށެވެ.

ނަމަވެސް މިއަދު އެ ގާނޫނު ތަސްދީގުކުރައްވައި، އެގާނޫނަށް ބޭނުންވާ ބާރުވެރިކަން ގާނޫނުއަސާސީމެދުވެރިކޮށް ލިބިދިނުމުންވެސް އެކަމަށް ފާޑުވިދާޅުވަމުންދާކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ހަގީގަތަކީ އެމްޑީޕީއިން އެއްވެސް އިރަކު ރައްޔިތުންނަށް ހެޔޮއެދިފައިނުވާކަން ކަމަށެވެ. އަދި އެ ޕާޓީގެ ލީޑަރުން ހެޔޮއެދެނީ އެކުގައި ތިއްބަވާ ވަކި ބަޔަކަށް ކަމަށާއި އެމްޑީޕީއިން ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކުވެސް ލީޑަރުންނާއި އެންމެ ގާތުގައި ތިބި ބަޔަކު މުއްސަނދިކޮށްދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: