ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓްރީގެ އަހަރީ ރިޕޯޓުތަކުގައި ހުރި މައްސަލަތައް ބަލަން މާލިއްޔާތު ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް. އޭދަފުށި ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓްރީއިން ހުށައަޅާފައިވާ އަހަރީ ރިޕޯޓުތަކުގައި ފާހަގަކުރެވިފައިވާ މައްސަލަތަކަށް ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ މުއައްސަސާތަކަށް ފޮނުވުމަށް މާލިއްޔާތު ކޮމިޓީއިން ނިންމައިފިއެވެ.

2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ އަހަރީ ރިޕޯޓުތައް މާލިއްޔާތު ކޮމިޓީއިން ދިރާސާކުުރުމަށްފަހު އެކަމުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައިދެއްވަމުން މެމްބަރު ސަލީމް ވިދާޅުވީ، މިކަމުން ރާއްޖޭގެ ހާލަތު އޮތްގޮތާއި ކުރީގެ މަޖިލީސްތަކުގެ މާލިއްޔާތު ކޮމިޓީއިން ކަންކަން ކޮށްފައިވާ ގޮތް ފެނިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، 2010 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އެއްވެސް ރިޕޯޓެއްގައިހުރި އެއްވެސް ކަމަކަށް ބަލާލާފައިނުވާކަމަށާއި ހުރި މައްސަލަތަކަށް ފިޔަވަޅު އަޅާފައިނުވާކަމަށެވެ.

އެހެންކަމުން އެގޮތުގެ މަތިން އަމަލުކޮށްފައިވުމަކީ ހަގީގަތުގައި ކޮރަޕްޝަނަށް މަގުފަހިވެގެންދިޔަ އެންމެ ބޮޑު އެއް ސަބަބުކަމަށެވެ. ނަމަވެސް މި ދައުރުގެ މާލިއްޔާތު ކޮމިޓީއިންވަނީ ރިޕޯޓުތައް ދިރާސާކުރުމަށްފަހު ކޮމިޓީގެ ރިޕޯޓުގައި މައްސަލަތައް ހިމަނާފައިކަމަށާއި މިނިސްޓްރީތަކުން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުަމަށާއި އޭސީސީއަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގެ އިތުރުން ފުލުހުންނަށް ފޮނުވަންޖެހޭ މައްސަލަތައްް އެ މުއައްސަސާއަށް ހުށައެޅުމަށްވެސް ހިމަނާފައިކަމަށެވެ.

ސަލީމް ވިދާޅުވީ، މާލިއްޔާތު ކޮމިޓީގައި ތިއްބެވި މެމްބަރުންނަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރުދަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، މި ދައުރުގައި ތިއްބެވި މެމްބަރުން މަސައްކަތްތަކާއި ހަވާލުވެވަޑައިގެންނެވިއިރު ގާތްގަނޑަކަށް ކޮމިޓީއިން ބަލަންޖެހޭ 1500 ރިޕޯޓު ހުރިކަމަށެވެ. އެހެންކަމުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރިޕޯޓުތަކުގެ މަސައްކަތްތައް ނިންމާލުމަށްފަހު ހުށައަޅާނެކަން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: