ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލިޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑެވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލިޝިޕް ޕްރޮގްރާމް 2025 ގެ ފުރުޞަތަށް އެދި ހުށަހެޅުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންނަށް ލިބޭ ޚަރަދު ތަކުގެ ތަފްޞީލް މިނިސްޓްރީން މިހާރު ވަނީ ގެޒެޓުވެސް ކޮށްފައެވެ.

ސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖެނުއަރީ 2025 އިން 28 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ 12:00( އީސްޓަރން ޓައިމް) އަދި 25 މާރިޗް 2025 އިން 23 މެއި 2025 ވާ ހުކުރު ދުވަހުގެ 12:00(އީސްޓަރން ޓައިމް) އެވެ.

މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: