ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީއެފްޑީން އެއަރޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

އޭޑީއެފްޑީން އެއަރޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 147 މިލިއަން އެމިރޭޓްސް ދިރުހަމުގެ (40 މިލިއަން އެމެރިކާ ޑޮލަރު) ލޯނެއް ދޭން ނިންމައިފިއެވެ.

މިއީ 2017 ވަނަ އަހަރު މިމަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 183.5 މިލިއަން އެމިރޭޓްސް ދިރުހަމުގެ (50 މިލިއަން އެމެރިކާ ޑޮލަރު) ލޯނަށް އިތުރުން ދީފައިވާ އަދަދެކެވެ. ޑިސެމްބަރު 24، 2024 ވީ އަންގާރަ ދުވަހު އަބޫދާބީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފްފިނޭންސް މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީއެވެ.

މި ފައިނޭންސިންގ އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެހުޅަނގު ފަރާތުގެ ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ތަރައްޤީކޮށް، 26 މަތިންދާބޯޓުބޭއްވޭ ވަރަށް ބޮޑުކުރުމާއި، ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުންހިމެނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް – ޔޫއޭއީ އަދިއޭޑީއެފްޑީން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެމުންދާއެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެފަރާތުން ވެސް އެއްބާރުލުންދެމުންދާކަމަށެވެ.

އޭޑީއެފްޑީގެ ފަންޑިންގއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއިޓެކްނޮލޮޖީ ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމަށް ވަރަށް މުހިންމުއެހީތެރިކަމެއް. މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި،ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، އަދި ޤައުމީ އިޤްތިޞާދުގެމުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް އަޅުގަނޑުމެންގެޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެއް.

މާލީ ވަޒީރު މޫސާޒަމީރު ވިދާޅުވިއެވެ.

އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އޭޑީއެފްޑީގެޕާޓްނަރ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ގެނައުމުގައި ބޮޑެތި ބަދަލުތައްގެނެސްދޭ އުމްރާނީ މަޝްރޫޢުތަކަށް ފައިސާ ހަމަޖެއްސުމުގައި އޭޑީއެފްޑީން މުޙިއްމުދައުރެއް އަދާކުރެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީކޮށްތަރައްޤީކުރުމަށް އޭޑީއެފްޑީން ދެވޭ އިތުރު އެހީތެރިކަމުން ދިވެހިރާއްޖޭގައި ކުރިއަރަމުންދާފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭގޮތަށް ވެލާނާ އެރަޕޯޓްގެ ޚިދުމަތް ދިނުމުގެ ޤާބިލުކަންއިތުރުވެގެންދާނެ ކަމަށްވެސް އައްސުވައިދީ ވިދާޅުވިއެވެ.

މުޙައްމަދު ސައިފް އައްސުވައިދީ އިތުރަށް ވިދާޅުވީ، އޭޑީއެފްޑީން ދިވެހި ސަރުކާރާއެކުއޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ދިވެހި ރައްޔިތުންގެއުންމީދުތައް ޙާޞިލުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދެމެހެއްޓެނިވި ތަރައްޤީގެނެސްދޭ މުހިންމު މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށްވެސް އައްސުވައިދީ ވިދާޅުވިއެވެ. އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން 1976 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައިގިނަ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސްކޮށްދީފައިވެއެވެ.

މި މަޝްރޫޢުތަކުން ދަތުރުފަތުރާއި، ހަކަތައާއި، ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމުގެ ފަދަމުހިންމު ދާއިރާތައް ތަރައްޤީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައިމުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) އަކީ އަބޫދާބީ ސަރުކާރުގެމިލްކިއްޔާތުގައިވާ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ޤައުމީމުއައްސަސާއެކެވެ. 1971 ގައި އުފެދުނު މި މުއައްސަސާގެ މަޤްޞަދަކީ ދެމެހެއްޓެނިވިތަރައްޤީގެ މަޝްރޫޢުތަކަށް ލުއި ލޯނު ދިނުމާއި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައްހިންގުމާއި، ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: