ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކުރީގެ އިސްވެރިންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމާއިމެދު މަޝްވަރާކުރަނީ!

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ދައުރުގައި ފެނަކަ ކުންފުނީގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން ހިމެނޭ އިތުރު ސީރިއަސް ގިނަ މައްސަލަތަކެއްގައިވެސް ދައުވާކުރުމާއިމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާއިއެކު މަސައްކަތްކުރަމުންދާކަމަށް އޭސީސީއިން ބުނެފިއެވެ.

އޭސީސީއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިން ވަނީ ފެނަކަ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށައަޅާފައެވެ. އަދި އެއީ 2019 ވަނަ އަހަރު ފެނަކަ ކުންފުންޏާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ގުޅުވައިކަން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވެނީ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް އެ ކުންފުނިން ފުރިހަމަކޮށްފައިނުވާއިރު މަސައްކަތްތައް ނިންމިކަން ކަށަވަރުކުރުމެއް ނެތި މަސައްކަތްތަކަށްވާ ފައިސާ ދޫކޮށް އެ ކުންފުންޏަށް ނާޖާއިޒް ފައިދާތަކެއް ހޯދާފައިވުމެވެ.

މައްސަލައިގައި ދައުވާކޮށްފައި ވަނީ ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށެވެ. ދެ ފަރާތުގެ މައްޗަށްވެސް ކުރަނީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ތުހުމަތެވެ.

އޭސީސީއިން ބުނެފައިވާގޮތުން އެ ކޮމިޝަނުން ވަނީ ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެންގުމަށްވެސް ނިންމާފައެވެ. އަދި މި މައްސަލައިގެ އިތުރުންވެސް އެ ކުންފުނީގެ ވެރިންގެ ގޮތުގައި މީގެ ކުރިން ތިބި ފަރާތްތަކުގެ މައްޗަށް ސީރިއަސް ގިނަ މައްސަލަތަކެއްގައި ދައުވާކުރުމާއިމެދު ގޮތް ނިންމުމަށް ޕީޖީ އޮފިހާއެކު މަޝްވަރާކުރަމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: