ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

ބިން ހެލުމުގެ އަސަރުކުރި ސަރަހައްދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ހުޅަނގުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.

ނޫސްތަކުން ބުނާގޮތުން، ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ޗައިނާގެ ހުޅަނގުގެ އުސް ސަރަހައްދަކަށެވެ. އަދި ނޭޕާލަށްވެސް މިކަމުގެ އަސަރުތައް ކޮށްފައިވާކަމަށެވެ. ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު މަގުތައް ބޭނުންކުރަން ދަތި ހާލަތަކަށް އައިސްފައިވާކަމަށާއި 96 މީހަކު ޓިބެޓު ސަރަހައްދުން ނިޔާވެފައިވާކަމަށެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާއިރު ފަހުންވެސް ބިންގަނޑު ހެލެމުން ދިޔަކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީހުން ސަލާމަތްކުރުމަށްޓަކައި ހަރަކާތްތެރިވި މަސައްކަތްތެރިންނަށް އުސް ސަރަހައްދުތަކުގެ ތެރޭގައި ހަރަކާތްތެރިވުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެގެންދިޔަކަމަށްވެސް ބުނެފައިވެއެވެ. ޗައިނާގެ އެމަޖެންސީ މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯތަކުން މީހުން ސިއްހީ ހިދުމަތްތެރިންގެ ބެލުމުގެ ދަށުން ގެންދާ މަންޒަރު ފެނިގެންދެއެވެ.

މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 130 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަންވެސް ފާހަގަކުރެވުނުކަމަށް ރިޕޯޓުތަކުގައިވާއިރު 1000 އަށްވުރެ ގިނަ ގެދޮރު ސުންނާފަތިވެ ބޭނުން ނުކުރެވޭ ހާލަަތުގައިވާކަމަށްވެސް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. މި ބިންހެލުމުގެ އަސަރުތައް ކުރި ސަރަހައްދަކީ އެހާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއް ނޫންކަމަށްވާއިރު ބިލްޑިންތަކުން ބައިބައި ވެއްޓި މަގުމަތީގައި ހުރި ކާރުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ނޭޕާލުގެ ބައެއް ސަރަހައްދުތަކަށްވެސް މި ބިންހެލުމުގެ އަސަރުތައް ކޮށްފައިވެއެވެ. އެހެންނަމަވެސް އެއްވެސް މިހަކަށް އަނިޔާތަކެއް ލިބުނުކަމުގެ ރިޕޯޓެއް ކޮށްފައިނުވާއިރު މައުންޓް އެވަރެސްޓު ސަރަހައްދުންވެސް އަަސަރުތައް ފާހަގަކުރެވުނުކަމަށް ނޭޕާލްގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް މިއީ ފިނި ދުވަސްވަރުކަމަށްވުމުން އެ ސަރަހައްދުގައި އެއްވެސް ބަޔަކު ނެތްކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: