ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް ފަށާފައިވާ ޖޮއިންޓް އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށްދާނެ

މޫސުމާބެހޭ ޓާސްކްފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް ފަށާފައިވާ ޖޮއިންޓް އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށްދާނެކަމަށް އެކަމާ ގުޅޭ ޓާސްކްފޯސްއިން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވާލެވުނު ޖޮއިންޓް ޓާސްކް ފޯހުގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.

މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވަރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މޫސުން ގޯސް މި ދަނޑިވަޅުގައި ސިފައިންނެކޭ އެއްފަދައިން ފުލުހުންވެސް މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށް ތިބި ކަމަށެވެ. އަދި ޕޮލިސް ޕޯސްޓްތައް ގާއިމުކުރެވިފައި ނުވާ ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ހިދުމަތްތައް ތަރުތީބުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުުރުން، ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި މި ޖޮއިންޓް އޮޕަރޭޝަން ކުރިއަށްދާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމިޝަނަރ ޝުޖާޢު ވަނީ އާންމު ރައްޔިތުންނަށް ބައެއް އިރުޝާދުތައްވެސް ދެއްވާފައެވެ. އެގޮތުން ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ނުދުއްވުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ބޯލަނބައި، އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ޖޮއިންޓް އޮޕަރޭޝަނުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެދާނެ ކުއްލި ހާދިސާތަކަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.

މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑު އަންނަ ޖެނުއަރީ 18 އާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މި ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: