ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ވަގުތީ ރައީސް އަކަށް ފިރުޝާން!

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސް އަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިންތިހާބުކޮށްފި އެވެ.

ފިރުޝާން އެ މަގާމަށް އިންތިހާބުކުރީ އެ ޕާޓީން ރޭ ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ. ފިރުޝާންއާއިއެކު ދެން އެ މަގާމަށް ވާދަކުރީ އެ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާންއެވެ.

ނެޝަނަލް އެސެމްބްލީގައި 130 މެންބަރުން ތިބޭއިރު، ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓުލީ 44 މެންބަރުންނެވެ. ފިރުޝާން އިންތިހާބު ކުރަން 29 މެންބަރުން ވޯޓު ދިނެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. އަދި ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މުހައްމަދު ޝިފާޒު އެމްޑީޕީއަށް ސޮއިކުރުމުންނެވެ.

މި މެންބަރުން އެމްޑީޕީއާއި ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ވަނީ ޕާޓީ ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުން ހިޔާލު ތަފާތުވުމެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: