ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު: ޝަމްޢާން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖޭގައި ބޮޑުވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

ޚާއްސަކޮށް އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަންތަކަކީ ފާހަގަކުރެވޭ ކަންތައްތަކެއް ކަމަށާއި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ޚާއްސަ ވަޢުދުފުޅެއްކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.

އެގޮތުން އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން އިމިގްރޭޝަން އަދި ފުލުހުންނާ ގުޅިގެން ހިންގުނު މަސައްކަތްތަކަށް ފޯކަސްކުރިއިރު ރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި ޚައްސަކޮށް މާލެ އޭރިއާގަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގަ ޝާމިލްވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އަދި ހަށި ވިއްކުމާ، ޖިނާޢީ ބޮޑެތި ކުށްތަކުގަ ވަރަށް ބައިވަރު ބިދޭސީން ޝާމިލްވެގެންދާ ކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވުނު. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބެލީ މިކަންކަން މާލެ އޭރިއާގަ އޮތް މިންވަރާއި އަދި ހާލަތު. ބެލި އިރު ހާލަތަކީ ވަރަށް ގޯސް ހާލަތެއް އިނގޭތޯ.

ޝަމްޢާން ވިދާޅުވިއެވެ.

އެހެންކަމުން މުޅި ޕްލޭން ބައްޓަންކުރަން ޖެހުނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށާއި އަދި ޖިނާޢީ ކުށްތަކުގަ ޝާމިލްވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތްތައް ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ. ޝަމްޢާން ވަނީ މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.

ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އުޅެން މިއަދު ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި ސަރުކާރަށް ނުލިބިފައިވާ ބިދޭސީންނާއި ގުޅުން ހުރި ފީތައްވެސް މިހާރު ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: