މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާާ ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފައެވެ.
ފުރަތަމަ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:
- އުސްއަކުރުގެ، ހއ. އިހަވަންދޫ، މުހައްމަދު އަބްދުﷲ (މުހައްމާ)
- ހަޒާރުމާގެ، ނ. ފޮއްދޫ، އިބްރާހީމް މުއާޒު އަލީ
- ވ. މަށިވެލި، އިބްރާހީމް އަޝްރަފް
- ގ. މަލްވިނަ، ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު
- ފަޒާ، ޅ. ހިންނަވަރު، އަބްދުﷲ ހުމައިދު
- ސެވަން ސްޓާ، ސ. ހިތަދޫ، އާއިޝަތު ދިޔާނާ ތޯހިރު
- އިއްޒަތު، ގ. ގޮފި، އައިމިނަތު ސަރާހަތު
- އާސްޓްރަލްގެ، ސ. ހިތަދޫ، ޝިމްލާ އަހުމަދު
- މ. ސްލީޓް، އިސްމާއީލް ޝަފީގު
- މާދަނޑު، އާސާނު، ޏ. ފުވައްމުލައް، ޝިފްޒާ މުސްތަފާ
- ގ. ކޫލް ގްރާސް، އަލީ ނިޝާން
- ހ. ޕްރިޓީ ވިލާ، މުހައްމަދު ޝަމީމް
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ލިސްޓުގެ ފަހަތަށް ވެއްޓި، ދެ ވަނަ އަށް އޮތް އިބްރާހިމް މުއާޒު އަލީ (މުއާ) ކޮމިޓީގެ ލިސްޓުން ވަނީ ކަޓާފައެވެ.
މިހާރު މުހައްމާގެ ނަން އޮތީ ތިން ވަނައިގެއެވެ.
އެއާއިއެކު 89 އިންސައްތައާއިއެކު މިހާރު އެންމެ މަތިން މާކްސް ލިބިވަޑައިގެން ލިސްޓުގެ ކުރީގައި އޮތީ އެ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައިވާ އާމިނަތު ސަރާހަތު އިއްޒަތެވެ. 84 އިންސައްތައާއިއެކު ލިސްޓުގެ ދެވަނައިގައި އޮތީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ.

