ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ސާވާގެ ޑިސްކުތައް ސިންގަޕޫރަށް ފޮނުވައިފި

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ މުއްތަލިބު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާގައި ހަލާކުވި ސާވާގެ ހާޑް ޑިސްކުތައް ސިންގަޕޫރަށް ފޮނުވާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބުވަނީ ދާދި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތް ރޯވެގެންދިޔަ ހާދިސާއާއި ގުޅޭ މައުލޫމާތުުތައް ހިއްސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، 2022 ވަނަ އަހަރުގެ މެދުތެރެއާއި ހަމައަށް ހުރިހާ މައުލޫމާތުތަކެއް ރައްކައުކުރެވިފައިވާކަމަށާއި އެއަށްފަހު މައުލޫމާތުތައް ރައްކައުނުކުރެވި ހުރީ ދައްކަމުން އައި ސަބްސްކްރިޕްޝަންތަކެއް ދެއްކުން ހުއްޓާލުމާއި ގުޅިގެންކަމަށެވެ. އެހެންކަމުން ކްލައުޑުގައި މައުލޫމާތު ރައްކައުކުރެވުން އެހިސާބުން ހުއްޓިގެންދިޔަކަމަށެވެ.

މުއްތަލިބު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިއިރު އުމަރުޒާހިރު ބިލްޑިންގްއާއި އެހެން ތަންތަނުގައި ބެކަޕް ޑޭޓާ ސިސްޓަމްތަކެއް ގާއިމުކުރުމުގެ ގޮތުން ސާވާތަކެއް ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވާނެކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގީ އެ ޕްރޮޖެކްޓު ނިމުމަކާއި ހިސާބަށް އައިސްފައިވަނިކޮށްކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ކަންދިމާވެގެންދިޔަގޮތުން އެ މަސައްކަތްތައް ފުރިހަމަނުކުރެވުނުކަން ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އަލިފާނުގެ ހާދިސާގައި ގެއްލުންތައް ލިބުނު ސާވާގެ ޑިސްކުތައް ރިކަވާކުރެވިފައިވާކަމަށާއި ސިންގަޕޫރަށް ފޮނުވައިގެން އޭގެން އެއްވެސް މައުލޫމާތެއް ހޯދޭތޯ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އަލިފާނުގެ ހާދިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ވީނަމަވެސް ގެދޮރުވެރިޔާ ފްލެޓު ލިސްޓަށާއި ފަހުން އިއުލާނުކުރެވުނު ލިސްޓަށްވެސް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށެވެ.

މުއްތަލިބު ވިދާޅުވީ، އެ މައުލޫމާތުތައް ހުރީ ކްލައުޑްގައި ރައްކައުތެރިކުރެވިފައިކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓު ލިސްޓުތާއި ގޯތިލިސްޓުގެ އެއްވެސް މައުލޫމާތެއް ގެއްލިގެން ގޮސްފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: