ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަ ދުވަހު މެރިން ރިސާޗްގެ ދާއިރާއަށް ހިދުމަތް ކޮށްދެއްވި ޝަކީލް ނިޔާވެއްޖެ

ހަސަން ޝަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

40 އަށްވުރެ ގިނަ އަހަރު މެރިން ރިސާޗްގެ ދާއިރާއަށް ހިދުމަތް ކޮށްދެއްވި ހަސަން ޝަކީލް ނިޔާވެއްޖެއެވެ.

އޭނާ ނިޔާވިއިރު އުމުރަކީ 64 އަހަރެވެ. ނިޔާވީއިރު ޝަކީލް ހުންނެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ޝަކީލް ނިޔާވުމާ ގުޅިގެން ތައުޒިޔާ ދަންނަވާފައެވެ. އެ އިންސްޓިޓިއުޓުން ބުނެފައިވާ ގޮތުގައި ޝަކީލަކީ މެރިން ރިސާޗްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަކީލްއަކީ އެ އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅާކަމަށް ފާހަގަކޮށްފައިވެއެވެ.

ޝަކީލް ވަކިވުމާއި ގުޅިގެން ފިޝަރީޒް ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ދައުލަތުގެ ހިދުމަތުގައި 41 އަހަރު ހާދަކުރައްވާފައިވާއިރު ރާއްޖޭގައި ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަނުގައި ފުރަތަމަ ފެށިގެން ދިޔައީ ޝަކީލްގެ މޭސްތެރިކަމުގެ ދަށުންކަމަށެވެ. އަދި ޝަކީލް ވަނީ މެރިން ސައިންސްގެ ދާއިރާއަށް ދިވެހިން ނެރުމަށް ވަރަށް ޝައުގުވެރިކަމާއެެކު ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ، ގިނަ މުވައްޒަފުންތަކެއް އެ ދާއިރާއިން ތަމްރީންކޮށްދީފައިކަމަށް މިނިސްޓްރީއިން ބުންޏެވެ.

ޝަކީލު ވަކިވެވަޑައިގަތުމުގެ ފުން ހިތާމައިގައި ބައިވެރިވާ ކަމަށް ފާހަގަކޮށް މިނިސްޓްރީއިން ވަނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވެސް ދުއާ ދަންނަވާފައެެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: