ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރޯދަ ސާފު“ ނަމުގައި ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރައާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާ ގުޅިގެން ”ރޯދަ ސާފު“ ނަމުގައި ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރޯދަ މަހަށް މަރުހަބާ ކިޔުމަށް ރަށުތެރެ ސާފުކުރުމަކީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދެ މިނިސްޓްރީން ނެރުނު ޕޯސްޓުގައި ވަނީ ބުނެފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ހެނދުނު 6:30 އިން 11:00 އަށެވެ. މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފުކުރުމުގެ ހަރަކާތުގައި 30 މުއައްސަސާއިން 800 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނާނެ ކަމަށް ވަނީ ބުނެފައެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއިބެހޭ ބައުގެ ފުޓްސަލް ދަނޑުންނެވެ. މި ހަރާކާތުގައި މާލޭގެ 5 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕޯޓްސް ލިމިޓެޑް ސަރަހައްދާއި، ސަލްމާން މިސްކިތް ސަރަހައްދާއި، އާޓިފިޝަލް ބީޗު ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދާއި އަދި އިންޑަސްޓްރިއަލް ޒޯން ސަރަހައްދެވެ.

މިހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: