ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯކަމުން ޑރ. ވިޓާލީ ލިއުބިމޮވް ވަކިކޮށްފި

މިފްކޯގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް އިއްޔެ އެ މަގާމުން ވަކިކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.

ޑރ. ލިއުބިމޮވް މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ތިން މަސް ކުރިން، 2023 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރާއްޖެއިން ބޭރުން މީހަކު ހޯދުމަށް ކުރެވުނު އިޢުލާނަކާ ގުޅިގެންނެވެ.

މިފްކޯއަކީ ދިގު މުއްދަތެއް ވަންދެން ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ދެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށެވެ. އަދި ބޭރުގެ ސީއީއޯއެއް އައްޔަންކުރެއްވި ސަބަބަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑރ. ލިއުބިމޮވް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކުރާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ޕީސީބީއިން އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: