ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެތަކެތި ފެނިފައިވަނީ ޓޫރިސްޓް ވިސާގައި ރާއްޖެ އައުމަށްފަހު ފުރައިގެންދިޔަ މީހެއްގެ އަތުންކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހާ 6 ދުވަހަށް ބަންދު ކުރުމަށްވެސް އަމުރުކޮށްފައެވެ.
ހުއްދަ އޮންނަ ފަރާތްތަކުން ޤާނޫނީ ހަމަތަކުގެ މަތިން މެނުވީ ވަޒަނާއި ބަޑި އަދި އެނޫންވެސް ހަތިޔާރު ގެންގުޅެ ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

