ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ ކުރިއަށް ގެންދިއުން ނޫން ގޮތެއް ނެތް: ނެތަންޔާހޫ

ނެތަންޔާހޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދިއުން ނޫން ގޮތެއްގެ އެ ގައުމަށް ނެތްކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

ޣައްޒާގައި އެތައް ލާއިންސާނީ އަަމަލުތަކެއް ހިންގަމުންދާއިރު އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ އެ ގައުމުގެ ޖަރީމާތަކަށް ނިމުމެއް ގެނައުމުގެ ވިސްނުން ނުގެންގުޅޭކަަމަށް ބުނެފަ އެވެ. އޭނާ ބުނެފައިވާގޮތުން ހަމަލާ ދެމުން ގެންދިއުން ނޫން ގޮތެއް އެ ގައުމަކަށް ނެތެވެ. އަދި ހަމާސް ނައްތާލެވެންދެން އެ ގައުމުން ހަނގުރާމަ ހުއްޓާނުލާނެކަމަށާއި އެ ޖަމާއަތުން ގައިދުކޮށްފައިވާ އިސްރާއީލުގެ ރައްޔިތުން މިނިވަންކޮށް ފަލަސްތީނުގެ ސަރަހައްދަކީ އިސްރާއީލަށް ނުރައްކަލަކަށް ވެގެން ނުދާކަން ޔަގީންކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ނެތަންޔާހޫ ވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބިގެން ނުދާނެކަން ކަށަވަރުކުރަން ވެފައިވާ ވައުދުވެސް ތަކުރާރުކޮށްފައެވެ. އޭނާ މި ވާހަކަތައް ދައްކާފައިވަނީ ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައިވާ އެ ގައުމުގެ ރައްޔިތުންގެ އާއިލާތަކާއި އެ މީހުންގެ ސަޕޯޓަރުންގެ އިތުރުން ކުރީގެ ސިފައިންގެ އޮފިޝަލުންގެ ފަރާތުންވެސް ކުރަމުންދާ ހަނގުރާމައާއިމެދު ސުވާލު އުފައްދަމުންދިއުމާއިއެކު ޕްރެޝަރު ބޮޑުވެފައިވަނިކޮށެވެ.

ފަލަސްތީނުގެ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމެއް މުގުރާލި މައްސަލައިގައި އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އޭނާ ބުނާގޮތުން އަލުން ހަމަލާދޭން ފެށީ އިސްރާއީލުން އެދުނު ގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައިތިބި ގައިދީންގެ ދެބައިކުޅަ އެއްބައި މިނިވަންކުރުމަށް ދެކޮޅު އެއްބަސްވުމުންނެވެ.

ނޫސްތަކުން ބުނާގޮތުން އޭނާގެ މިވާހަކަތައް ހިއްސާކުރީ އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި 48 ގަޑީރުގެ ވަގުތެއްގެ ތެރޭގައި 90އަށްވުރެ ގިނަ ފަލަސްތީނުގެ މީހުން މަރުވެގެންދިއުމާއިއެކުއެވެ.

ގައްޒާގެ ސިއްހީ ވުޒާރާއިން ބުނާގޮތުން އިސްރާއީލުންދަނީ ހަމަލާތައް ވަރުގަދަކުރަމުންކަމަށެވެ. އަދި އެކަން ކުރަމުންދާ ސަބަބަކީ ގައިދީން ދޫކޮށްލައި އަމާން ދިނުމަށް ހަމާސްއަށް މަޖުބޫރުކުރަން މަސައްކަތްކުރުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: