ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ހިނގަމުންދާ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒުކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، ހިޔާ ފްލެޓު ސަރަޙައްދާއި، މާލެ އަދި ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ހިނގަމުންދާ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 2 ގައި ފުލުހުންގެ ޙަރަކާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، މަގުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހިޔާ ފްލެޓު ސަރަޙައްދާއި، މާލެ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެން މި ސަރުކާރުގެ ބޮޑު އަމާޒެއް
މީގެ އިތުރުން، އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ގޭންގް ތަކުގެ މައްސަލަތައް ގާތުން ބަލައި، އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް މި ސަރުކާރުން އަޅަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގޭންގް ތަކުގައި ޙަރަކާތްތެރިވާ ކުދިންނަށް އަމާޒުކޮށް ގެންދަން ޖެހޭ އިންޓަވެންޝަން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

