ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފްލެޓަކުން މީހަކު ރޯއަޑުގެ ރިޕޯޓަކަށް ވަދެ ބެލިއިރު، ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިއްޖެ

ވިނަރެސް ފުލެޓު --- ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް އެޕާޓްމެންޓެއްގެ ތެރެއިން 21 އަހަރުގެ ޒުވާނެއް ހޭނެތިފައިއޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 06:05 ހާއިރު ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުގެ އެޕާޓްމެންޓަކުން ހަޅޭލަވާ އަޑު އިވޭ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ. އަދި ފުލުހުން ތަނަށް އެޓެންޑު ވީ އިރު 21 އަހަރުގެ އަންހެނެއް ހޭނެތިފައި ވަނިކޮށް ފެނިފައިވާކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެޕާޓްމެންޓަށް ވަންނަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި އޭނާ އޮތް ކޮޓަރީގައި މީހެއް ނެތް ނަމަވެސް އެ އެޕާޓްމެންޓުގައި އޭނާގެ އާއިލާއިން އުޅޭ ކަމަށް ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: