ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން އެކުލަވާލީ އަސްކަރީ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް މިހާރަކު ނެތް: ރައީސް

ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ދައުރުގައި އެކުލަވާލީ އަސްކަރީ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް މިހާރު ނެތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަސްކަރީ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ އެއްބަސްވުންތައް ހާމަކުުރުމަކީ ވެވަޑައިގެންފައިވާ ވައުދެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަމެއް ކުރިން އެއްބަސްވެވިފައިވާނަމަ މިހާރު އެކަމެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މައިގަނޑު ގޮތެއްގައި ފާހަގަކުރޭ އެއް އެއްބަސްވުމަކީ ހައިޑްރޮގްރަފީ އެއްބަސްވުމެއްކަމަށާއި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މި ސަރުކާރުން އައުކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކުގައި ކޮންމެ ގައުމަކަށްވެސް އެހީވެވޭނެކަމަށާއި ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ހައިޑްރޮގްރަފީ މަސައްކަތްތަކުގައިވެސް އެއްބާރުލުން ދިނުމުގެ ފުރުސަތު އޮތްކަމަށެވެ.

ނަމަވެސް އެހެން ބަޔަކު އައިސް ރާއްޖޭގައި ސްޓޭޝަންވެގެން އެކަން ކުރުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތާއި ފުށުއަރާ ކަމަކަށްވުމުން އެކަމަށް އިހުތިރާމާއިއެކު އިންކާރުކޮށްފައިވާނެކަމަށް މައުލޫމާތު ދެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް ވަސީލަތްތަކުގެ ގޮތުންނާއި ތަމްރީނުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭން ގައުމަކުން އެދޭނަމަ އެކަމަށް މި ސަރުކާރުން މަރުހަބާ ކިޔާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމަށް އެއްބަސްވެސް ވެވިދާނެކަމަށާއި ނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން އައިސް ރާއްޖޭގައި ސްޓޭޝަންވެގެން ތިބުމަށް ފުރުސަތު ނުދޭނެކަމަށެވެ. އަދި އެއީ ކިތަންމެ ބޮޑު ގައުމެއް ނަމަވެސް ކިތަންމެ ކައިރި ގައުމެއް ނޫނީ ކިތަންމެ އެހީތަކެއް ދޭ ގައުމެއް ނަމަވެސް ރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލެއް އުފެދިގެންދިއުމަށް ޖާގަ ނުދެއްވާނެކަމަށް އިޝާރާތްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއާލިޓީ މާއްދާތަކެއް އޮތުމުން އެ ގައުމުތަކުގެ ރުހުމާއި ނުލާ ހާމަކުރެވެން ނެތްކަމަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން ގާނޫނީ މައްސަލަތަކެއް އުފެދިގެންދިއުންކަން ހިއްސާކުރެއްވިއެވެ. ނަމަވެސް އެކަން ފަހިކުރުމުގެ ގޮތުން އަދިވެސް ބައިލެޓަރަލް މަޝްވަރާތައް ކުރެވެމުންދާކަމަށާއި އެކަން ކުރަމުންދަނީ އެއްބަސްވުންތަކުގައި މައްސަލަތަކެއް ހުރެގެން ނޫންކަމަށެވެ. ރައީސް ވިދާޅުވީ، އެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ހާމަކުރުމަށް ވައުދެއް ވެވަޑައިގެންފައިވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: