ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށަށް ގިނައިން ދަނީ ފުޓުބޯޅަ ކުޅެން، މިހާތަނަށް ހަރަދުވީ އަށްލައްކަ ރުފިޔާ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާރަށަށް ގިނައިން ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުމަށްކަމަށާއި، ވަގުތު ލިބޭ މިންވަރަކުން އެ ދަތުރު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ކުރިޔަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވާ އާރަށަށް ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ގާތް ބޭފުޅުން ވަޑައިގަންނަވާކަމަށް އަޑުވަނީ ފެތުރިފަ އެވެ. އަދި ރައީސް މުއިއްޒުގެ ދަރިކަލުންގެ ބައެއް އެކުވެރިން ވެސް ހަފްތާ ބަންދުގައި އާރަށަށް ދާކަމަށް އަޑުފަތުރާފައި ވެއެވެ.

އެ މައްސަލައާއި ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުޅިވަރުގެ ތެރެއިން ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ ރަށުގައި ރަނގަޅު ފުޓްސަލް ދަނޑެއް އޮންނަކަން ފާހަގަކުރައްވައި ވިދާޅުވީ ކަސްރަތުގެ ސަބަބުތަކަށް ރިއާޔަތްކޮށާއި އެކު އެމަނިކުފާނު އާރަށަށް ވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ ވަގުތު ލިބޭ މިންވަރަކަށް ބަލައި، ހަފްތާއަކު ތިން ދުވަހު އާރަށަށް ވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއް އެހެން ބޭފުޅުން ވެސް ވަޑައިގަންނަވާއިރު، އާންމު ގޮތެއްގައި އެ ރަށުގައި ހޭދަ ކުރައްވަނީ ތިން ގަޑިއިރުކަމަށް ވިދާޅުވި އެވެ.

އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ ދޮޅު އަހަރުގެ ތެރޭގައި އާރަށަށް ވަޑައިގަތީ 116 ފަހަރު ކަމަށެވެ. އަދި އޭގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓުބޯޅަ ކުޅުއްވުމަށްކަމަށާއި 31 ފަހަރު ވަޑައިގެންފައި ވަނީ އާއިލާއާއި އެކުކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާރަށް އެމަނިކުފާނު ވަޑައިގަންނަވާ ނަމަ ސެކިއުރިޓީގެ ދެ ލޯންޗު ދާނެކަމަށެވެ. އަދި ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް ތިން ލޯންޗުގެ ތެޔޮ މިއަދާ ހަމައަށް ހަރަދުވެފަ ވަނީ 844،635 ރުފިޔާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މުލިއާގޭގެ ކެއުމުގެ ހަރަދުތަކާއި ގުޅޭގޮތުން ފެތުރުނު ވާހަކަތައް ވެސް ދޮގު ކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެއްކޮށް މުލިއާގޭ ކެއުމަށް ހަރަދުވެފައި ވަނީ 565،703 ރުފިޔާ އެވެ. އަދި މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހަރަދުވި އަދަދަކީ 175،564 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: