ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް 12.38 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެ: ފިނޭންސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.38 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި މި މުއްދަތުގެ ތެރޭގައި ބަޖެޓުން ޚަރަދުކޮށްފައިވަނީ 10.46 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 9.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 804.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވެއެވެ. އަދި ގްރާންޓްގެ ގޮތުގައި 76.3 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 3.74 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތަކަށް 5.91 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޕީއެސްއައިޕީގެ ދަށުން 839.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީ ޚަރަދުތަކުގެ ތެރޭގައި ޓްރާންސްޕޯޓް ދާއިރާއަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާއިރު، އެއީ 407.1 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށް 157.8 މިލިއަން ރުފިޔާ، ތިމާވެށީގެ ދާއިރާއަށް 93 މިލިއަން ރުފިޔާ، ތަޢުލީމީ ދާއިރާއަށް 26.3 މިލިއަން ރުފިޔާ އަދި ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް 20 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: