މުޖުތަމައު ހޭލުންތެރިކުރުމުގެ މަގަސްދުގައި ހިންގާ ”ހޭލުންތެރި މީޑިއާ“ ޕްރޮގުރާމް މާލެ އަތޮޅުގައި ފަށައިފިއެވެ.
މި ޕްރޮގުރާމަކީ ކ އަތޮޅު ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ޖަމިއްޔާ ޖަމާތްތައް އެކުލެވޭގޮތައް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ ކ. ތުލުސްދޫގައިކަމަށްވާއިރު، މި ޕްރޮގުރާމަގެ މުއްދަތަކީ 2025 މޭ 22 އިން 23 ވަަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، މި ހޭލުންތެރިކުރުމުގެ ޕްރޮގުރާމުގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅީގެ އިތުރުން މާފުށީން 23 މީހުން ވަނީ ބައިވެރިވެފައެވެ.
މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ ”ހޭލުންތެރި މީޑިއާ“ ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮރާމުގައި ކ އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެއެވެ.
ކ. ތުލުސްދޫގައި މިމަހު 22 އިން 23 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މިކަމާޢި ގުޅިގެން މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަހްލާގާއި، ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތަކުގެ އިތުރުން ލިޔުންތެރިކަމުގެ ވައްތަރުތަަކާއި ގުޅޭ މައުލޫމާތު މި ޕްރޮގުރާމުގެ ސެޝަންގައި ފޯރުކޮށްދެވުނުކަމަށެވެ. އަދި، ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިން އަދާކުރާ ދައުރާއި، ތަހްގީގީ ނޫސްވެރިކަމުގެ ވައްތަރުތަކާއި، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގާއި، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި މެދުވެރިކޮށް އުފައްދާ ހަބަރުތަކުގެ މައުލޫމާތުވެސް ދެވުނު ކަމަށް އެ ވުޒާރާޢިން ބުނިއެވެ.
ހޭލުންތެރި މީޑިއާގެ ނަމުގައި މިދިޔަ އަހަރުވެސް ވަނީ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައެވެ. އެއީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ.

