ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ އިރުޝާދުގެ ދަށުން ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު އަހްމަދު ޒިލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލައިފިއެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާ ކަމަށެވެ. އެހެންކަމުން 26 މެއި 2025 ވީ ހޯމަ ދުވަހުގެރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި މި މައްސަލަ އެ އޮފީހަށް ލިބިފައިވާކަން ވެސް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައުދުގެ ބަންދަށް ފުލުހުން އެކި ފަހަރު މަތީން ބަންދުން ޖަހަމުން ގޮސް، އެންމެ ފަހުން އިތުރު ކުރީ 20 ދުވަހެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ޖެހި ބަންދުގެ މުއްދަތު އިޖުރާއަތުތަކާއި ޚިލާފުކަމަށް ބުނެ ރައުދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. ރައުދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، ދަށު ކޯޓުގެ އަމުރު ބާތިލުކޮށް، އޭނާ ބަންދުން ދޫކޮށްލަދިނުމަށެވެ. އަދި ހައިކޯޓުގައި އިސްތިއުނާފު އަޑުއެހުން ތާވަލު ކުރުމުން، ފުލުހުން އޭނާ ބަންދުން ދޫކޮށްލުމާއި އެކު ހައިކޯޓުގައި އޮތް މައްސަލަ ވެސް އަނބުރާ ގެންދިޔަ އެވެ.

އޭގެ މާ ގިނަ އިރުތަކެއް ނުވެ ރައުދު އަނެއްކާވެސް އައު އަމުރެއްގެ ދަށުން ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު ޕީޖީގެ އިރުޝާދާއެކު ރައުދު މިވަނީ އަނެއްކާވެސް ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: