ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކަށް މުސާރަދިން މައްސަލައެއްގައި ދައުވާކޮށްދޭން އެދިއްޖެ

އޭސީސީގެ މެމްބަރުން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ/ ފޮޓޯ: ނޫސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް، އެ ސްކޫލުގެ މުސާރަ ޝީޓުތަކުގައި އެ މުވައްޒަފުގެ މުސާރަ ހިމެނި މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި 18 މޭ 2025 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ، ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް، އެ ސްކޫލުގެ މުސާރަ ޝީޓުތަކުގައި އެ މުވައްޒަފުގެ މުސާރަ ހިމަނައިގެން ފައިސާ ދޫކުރުމަށް ޑެޕިއުޓީ ޕްރިންސިޕަލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމާ ގުޅިގެން އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި އޭރު ހުރި ޢަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށެވެ.

ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން ޢަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 (އަށާވީސް ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ގެ ގެއްލުން ވެފައިވާކަމަށް ވެއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: