ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުއެއް ނުހިނގާ، ރިޒާވުގައި ހުރީ ދަރަނި ފައިސާ އެކަނި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ދެބައިވެގެން ދިޔައިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުދާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ދިވެހި ގައުމު މާލީ ގޮތުން އޮތް ހާލަތާއި މެދު ވިސްނާލަން ޖެހޭކަމަށެވެ. އަދި 2025 އަހަރުގެ މެދަކާއި ހަމައަށް ދިޔައިރު ދައުލަތަށް 16.9 ބިލިއަންގެ އާމްދަނީއެއް ލިބުނު އިރު އޭގެއިން ރައްޔިތުންނަށް ކުރި ފައިދާއަކާއި މެދު ޝަމްހީދު ސުވާލު އުފެއްދެވި އެވެ. ޝަމްހީދު ވިދާޅުވީ މިހާތަނަށް އައިއިރު ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވެސް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ ކަނޑައެޅި އަދަދުގެ 12 އިންސައްތަ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ މިއީ ތަރައްގީގެ މަޝްރޫއުތައް ހުރި ހާލުކަމަށާއި، ރާއްޖެ ދައްކަން ޖެހޭ ވަރަށް ގިނަ ދަރަނިތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އޮންނަ މުއްދަތަކަށް އަދާކުރާ ޒިންމާއެއްކަމަށްވުމާއި އެކު މި ސަރުކާރުން އަލަށް ކުރާނެކަމެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ދަރަނި ދެއްކުމަށް ފަހު ސަރުކާރުން އެކަން ފާހަގަކޮށް، އިއުލާނު ވެސް ކުރާކަމަށެވެ. އެހެން ނަމަވެސް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަންޏާއި މެދު ސަރުކާރުން އެއްވެސް މިންވަރަކަށް ވިސްނާތޯ ޝަމްހީދު ސުވާލު ކުރެއްވިއެވެ.

އެހެންވީމާ މިއީ އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢު ހުރިހާލު.. އަޅުގަނޑުމެން ދައްކަން އެބަ ހުރި ބައިވަރު ދަރަނި.. ރަނގަޅު ވާހަކައެއް މިދިޔަ އަހަރު ވެސް ދަރަނި ދެއްކި… އޭގެ ކުރި އަހަރު ވެސް ދަރަނި ދެއްކެންއަޅުނޑުމެން އިތުރަށް ދަރަންޏެއް ދައްކަން މި އޮތީ އަންނަ އަހަރު.. އަޅުގަނޑުމެން މި ތަނުން ފޮރެކްސް ގާނޫނާއި އަދި މާލިއްޔަތާ ބެހޭ އިތުރު ދެ ގާނޫނު ވެސް ފާސްކުރިން.. އަންނަ އަހަރު ދައްކަން އޮތް ބޮޑު ދަރަންޏަށް ތައްޔާރުވުމުގެ ގޮތުން.. އަޅުގަނޑުމެން ހާލަކީ ކޮބައިތޯ މިއަދު އަޅުގަނޑުމެންގެ ރިޒާވުގައި ހުރީ ދަރަނި ފައިސާ އެކަނި..

މީގެއިތުރުން ޝަމްހީދު ވިދަޅުވީ ދައުރު ފެށިގެން އައިއިރު މުހިންމު ގާނޫނުތަކެއް މަޖިލީހުން ފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި މާލިއްޔަތާއި ގުޅުން ހުރި ދެ ގާނޫނާއި، ފޮރެކްސް ގާނޫނު ހިމެނޭއިރު އެ ގާނޫނުގެ ދަށުން ލިބޭނެކަމަށް ސަރުކާރުން ބުނަމުން އައި ފައިދާތައް އަދި މިހާތަނަށް ނުފެންނަކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ޝަމްހީދު ވިދާޅުވީ މިއަދު ރިޒާވްގައި ހުރި ފައިސާއަކީ، ހަމައެކަނި ދަރަނި އަދާކުރުމަށް ހުރި ފައިސާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: