ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027″ ގެ 2 ވަނަ ސެޝަން ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027“ ގެ 2 ވަނަ ސެޝަން މިއަދު ބާއްވައިފިއެވެ.

މި ސެޝަންގައި ސަރުކާރުގެ އެކިވުޒާރާތަކާއި މުއައްސަސާތަކުން ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ސެޝަންގައި، ”އިންފުލުއެންސް: ދަ ހަރޓްބީޓް އޮފް ލީޑަރޝިޕް“ މި މައުޟޫއަށް ވާހަކަދެއްކެވީ، އެމްޕަވަރިންގް އޯލްގެ ފައުންޑަރ، އަލްފާޟިލް މަސްޢޫދު ޢަލީއެވެ. ޙަޤީޤީ ލީޑަރޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވަމުން، އެއީ ހަމައެކަނި ހުނަރުތައް މެނޭޖްކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްކަން، މަސްޢޫދުގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

ޕަރސަނަލް އިންފްލުއެންސް ނުވަތަ ޙަޤީޤީ މުޢާމަލާތްތަކާއި، އިތުބާރުހިފޭ، އަދި އިޖްތިމާޢީ ހުނަރުތަކުގެ ޒަރިއްޔާއިން އެހެން މީހުންގެ ވިސްނުމާއި ޢަމަލުތަކާއި އިޚްތިޔާރުތަކަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަމާއި، ގުޅުން ބަދަހިކުރުމާއި، ފައިދާކުރަނިވި ހަރުދަނާ ގޮތެއްގައި މުއާމަލާތު ކުރުމާއި، ނުފޫޒުގެ އަޚްލާޤިއްޔާތާއި އިސްތިރާޖާ ބެހޭ ގޮތުންވެސް މަސްޢޫދުގެ ތަޤުރީރުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ހަރުދަނާ ލީޑަރޝިޕެއް ބިނާވަނީ ހަރުދަނާ ގޮތެއްގައި މަޤުޞަދު ދެނެގަތުމާއި، އިތުރުބާރު އުފެއްދުމާއިއެކު ވަކިވަކި ފަރުދުންނަށްވެސް ކުރިއަރާ ދެވޭނެ ފަދަ ވެއްޓެއް ބިނާކުރުމުގެ މައްޗަށްކަން މަސްޢޫދުގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާންމު ވިސްނުމެއް އުފައްދައި، ޙަޤީޤީ ގުޅުންތައް ބަދަހިކުރުމާއި، ނަފްސާނީ ރައްކާތެރިކަން ކުރިއެރުވުމާއި، ވަކިން ޚާއްޞަކޮށް، ހައިރާކީ އޮނިގަނޑެއް އޮތުމާއި ގޮތް ނިންމުމުގެ މަރުކަޒީ ބާރެއް އޮތުމާއި ޤާއިމު ކުރެވިފައިވާ ވަކި ތަރުތީބެއް ދެމެހެއްޓުން ފަދަ އިހުގެ ލީޑާޝިޕްގެ ގޮތްތައް ބޭނުންކުރުން މަދުވަމުން އަންނަ ދުވަސްވަރެއްގައި، ދޭދޭ މަސްލަހަތުތައް ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށްވެސް މިއަދުގެ ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވައިފައެވެ.

މި އަސާސީ މާއްދާތަކާއެކު، ލީޑަރުންގެ ފަރާތުން އަނެކާއަށް އިތުރު ހިތްވަރެއް ލިބި، ޓީމެއްގެ ގޮތުގައި މަސައްކަތްތެރިކަން އިތުރުކުރެވި، ވަކި މަޤްޞަދެއް އޮވެގެން ހިންގާ ލީޑަރޝިޕެއް ޤާއިމުކުރެވިދާނެ ގޮތްތައް، މިއަދުގެ ސެޝަންގެ ބައިވެރިންނާ މަސްޢޫދު ޙިއްޞާކުރެއްވިއެވެ.

”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ (އީ.ޑީ.ޕީ) އަކީ ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ކުޑަކުރުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީޢާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: