ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ބާއްވަން އުޅުނު ’ރަން ރީނދޫ‘ ދުވުން އަންނަ މަހަށް ފަސްކޮށްފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ބާއްވަން ތައްޔާރުވަމުން ދިޔަ ’ރަން ރީނދޫ‘ ދުވުން އަންނަ މަހަށް ފަސްކޮށްފިއެވެ.

މިއީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ. އެ ހަރަކާތްތަކުގެ ތެރޭގައި މިމަހުގެ 18 ވަނަ ދުވަހު ’ރަން ރީނދޫ’ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދަން އުޅުނު ދުވުމެއްވެސް ހިމެނެއެވެ. އެކަމަކު އެ ދުވުން ހުޅުމާލޭގައި ބާއްވަން ތަކުރާރުކޮށް އެދުމުން ވެސް އެޗްޑީސީން އޭރު ހުއްދަ ދީފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން އެ ދުވުން ދެން ބާއްވަން އެމްޑީޕީން ނިންމީ މިިނިވަން ދުވަހާ ދިމާކޮށް މާލޭގައެވެ.

މި ހަރަކާތާއި ގުޅިގެން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މާލޭގައި މި ޙަރަކާތް ގެންދަން އެ ޕާޓީން ނިންމީ ސުލްހަވެރިކަމާއެކު ހުޅުމާލޭގައި މި ޙަރަކާތް ބާއްވަން ސަރުކާރުން ފުރުސަތު ނުދިނުމުންކަމަށެވެ. އެހެންކަމުން މިނިވަން ކަމަށާއި އަދި ޑިމޮކްރަސީއަށް ލޯބި ކުރައްވާ އެންމެހާ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ބަޔަކަށް ނުވަތަ ޕާޓީގެ މެންބަރުންނަށް ހާއްސަކުރެވިގެން ބާއްވާ ހަރަކާތެއް ނޫންކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.އެމްޑީޕީން ކުރިން އެދުނީ ހުޅުމާލެ ސެންޓްރަލް ޕާކް ވަށައިގެންވާ ސަރަހައްދުގައި މި ޙަރަކާތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ސަރަހައްދު ސިޔާސީ ހަރަކާތްތަކަށް ދޫކުރެވެން ނެތް ކަމަށް އެޗްޑީސީން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެ ސަރަޙައްދު ސިޔާސީ ޙަރަކާތަށް ދޫކުރެވެން ނެތްކަމަށް ނިންމުމުން އެކަމަށްވެސް ފާޑުކިޔާފައިވެއެވެ. އެގޮތުން އެ ތަނަކީ ދައުލަތުގެ ހަރަދުގައި އާންމު ބޭނުންތަކަށް ތަރައްގީކޮށްފައިވާ އާންމު ވަސީލަތެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ، އެތަނުގެ ބޭނުންހިފުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ވެސް އޮންނަންވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: