ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު އިިދިކޮޅު ޕާޓީގެ މަސައްކަތްވެސް ކުރަނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިިދިކޮޅު ޕާޓީގެ މަސައްކަތްވެސް ކުރަނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018-2020، މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އައިފާން ވިދާޅުވީ، މީގެ ކުރީގައިވެސް މަޖިލީސްތަކުގައި ވަރަށް ގިނައިން ކޮރަޕްޝަންގެ ވާހަކަދައްކާކަމަށެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅުތައް ނަޅާކަމަށާއި، އަދި މަޖިލީހުގައި މިކަމާއި ދެކޮޅަށް އެއްވެސް ކަހަލަ އަމަލީ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ.

މި ސަރުކާރާއި، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން މިކަމުގައި ތަފާތު ފެންނަކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ ވައްކަން ހުއްޓުވުމަށާއި، ވައްކަމުގެ މައްސަލަތައް ބަލާ ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިފާން ވިދާޅުވިއެވެ.

މީގެ ކުރީގައި ދައުރުތަކުގައި މާލިއްޔަތު ކޮމިޓީ އޮތީ ނިދާފަ، ހަގީގަތް މިއީ. މާލިއްޔަތު ކޮމިޓީ އޮތީ ނިދާފަ. މިއަދު މާލިއްޔަތު ކޮމިޓީގައި އިދިކޮޅު ފަރާތްތަކަށްވެސް ފުރުސަތު އެބަ ލިބޭ މި ހުރިހާ ވާހަކަތަކެއް ދައްކަން، އިއްޒަތްތެރި ރައީސް.

އައިފާން ވިދާޅުވިއެވެ.

މީގެ ކުރީގައި މާލިއްޔަތު ކޮމިޓީވެސް އޮންނަނީ ނިދާފައިކަމަށާއި، ނަމަވެސް މިހާރު އިދިކޮޅު މެންބަރުންނަށްވެސް ކޮމިޓީގައި ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު ލިބޭކަމަށް އައިފާން ވިދާޅުވިއެވެ.

މިހާރު ކޮމިޓީތަކުން ހިންގާ ކަންކަން މާލިއްޔަތު ކޮމިޓީއިން ބަރާބަރަށް ދިރާސާކުރާކަމަށްވެސް އައިފާން ވިދާޅުވިއެވެ. މީގެ ކުރީގައި އޮންނަނީ މިކަންކަން ސިއްރުކޮށްފައިކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ، މެންބަރުންވެސް އޭރު ތިބީ ކޮރަޕްޝަނާއި އެއްކޮޅަށްކަމަށެވެ.

މިއަދު އިިދިކޮޅު ޕާޓީގެ މަސައްކަތްވެސް ކުރަނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މެންބަރުން ތިބީ ސަރުކާރަށް ފާރަވެރިވެކަމަށް އައިފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: